ބަންޑާރަ ކަޕްގެ މި އަހަރުގެ ޗެމްޕިއަނުންނަކީ ޑްރަގް ކޯޓާއި ސީއާރުސީ

ބަންޑާރަ ކްލަބުން 2022 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ބަންޑާރަ ކަޕަކީ ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ފުޓްސަލް މުބާރާތެެކެވެ.

ބަންޑާރަ ކަޕް 202: މި އަހަރުގެ ޗެމްޕިއަނުންނަކީ ޑްރަގް ކޯޓާއި ސީއާރުސީ

​ބަންޑާރަ ކްލަބުން ބޭއްވި ބަންޑާރަ ކަޕް 2024 ގެ ފިރިހެން ޑިވިޒަނުގެ ޗެމްޕިއަން ކަން ޓީމް ޑްރަގް ކޯޓު އަދި އަންހެން ޑިވިޒަނުގެ ޗެމްޕިއަން ކަން ކްރިމިނަލް ކޯޓުގެ ރިކްރިއޭޝަން ކްލަބު ސީއާރުސީ އިން ހޯދައިފި އެވެ.

މިމަހު 15 ގައި ހެންވޭރު ދަނޑުގައި ފެށި މުބާރާތުގައި ފިރިހެން ޑިވިޒަނުގައި 13 ޓީމު އަދި އަންހެން ޑިވިޒަނުގައި 11 ޓީމު ވާދަކޮށްފައިވެ އެވެ. ފިރިހެން ޑިވިޒަނުގެ ފައިނަލްގައި ވާދަކޮށްފައި ވަނީ ޗެމްޕިއަން ކަން ހޯދި ޓީމް ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓަށް ނިސްބަތްވާ ސީއާރުސީ އެވެ.

ފޯރިގަދަ ފައިނަލް މެޗް ގައި އެންމެ ފުރަތަމަ ކުރި ހޯދީ ސީއާރުސީ އިންނެވެ. ނަމަވެސް ފުރަތަމަ ގޯލަށް ފަހު ޓީމް ޑްރަގް ކޯޓުގެ ކުޅުންތެރިން ކުރިއަށް ޖެހިލައި އުފެއްދި ހަމަލާތަކުން ފުލުފުލުގައި ގޯލްތައް ކާމިޔާބުކޮށް، ޓީމް ޑްރަގް ކޯޓުން ވަނީ 5-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ.

ބަންޑާރަ ކަޕް 202: މި އަހަރުގެ ޗެމްޕިއަނުންނަކީ ޑްރަގް ކޯޓާއި ސީއާރުސީ

ފިރިހެން ޑިވިޒަނުގެ ފައިނަލް މެޗު ގައި ޓީމް ޑްރަގް ކޯޓަށް ހަތަރު ލަނޑު ޖަހައިދިނީ އެޓީމުގެ ޖާޒީ ނަންބަރު 20 އަންސާރު އިބްރާހީމް އެވެ. އޭނާ ވަނީ މުބާރާތުގައި 23 ގޯލު ޖަހައި، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ބަންޑާރަ ކަޕް 202: މި އަހަރުގެ ޗެމްޕިއަނުންނަކީ ޑްރަގް ކޯޓާއި ސީއާރުސީ

​އަންހެން ޑިވިޒަނުގެ ފައިނަލު ގައި ވެސް އެއްކޮޅުން ވާދަކޮށްފައި ވަނީ ކްލަބު ސީއާރުސީ އެވެ. އެ ޓީމު ފައިނަލްގައި ކުޅެފައި ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ރިކްރިއޭޝަން ކްލަބު، އޭޖީއޯއާރުސީ އާ ދެކޮޅަށެބވެ. 5-0 ގެ ނަތީޖާއަކުން ފަސޭހަކަމާ އެކު އެ މެޗު ކާމިޔާބު ކޮށްފައި ވަނީ ސީއާރުސީންނެވެ.

​އަންހެން ޑިވިޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ސީއާރުސީގެ ޖާޒީ ނަންބަރު 23، ޒުލައިހާ ހަބީބެވެ. އަންހެން ޑިވިޒަނުގެ އެންމެ ގިނަ ގޯލު ޖަހާފައި ވަނީ ސީއާރުސީގެ ޖާޒީ ނަންބަރު 7، އާއިޝަތު ފަޒީލާ އެވެ. އޭނާ ވަނީ ބަންޑާރަ ކަޕް 2024 ގައި 12 ގޯލު ކާމިޔާބު ކޮށްފަ އެވެ.

ބަންޑާރަ ކަޕް 202: މި އަހަރުގެ ޗެމްޕިއަނުންނަކީ ޑްރަގް ކޯޓާއި ސީއާރުސީ

​ރޭ އޮތް ވާދަވެރި ފައިނަލް މެޗުތަކަށް ފަހު ޗެމްޕިއަން ޓީމުތަކަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްދެއްވީ މުބާރާތް ނިމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން އެވެ.

މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުގެ އިތުރުން ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިން މި ހަފްލާގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.

ބަންޑާރަ ކަޕް 202: މި އަހަރުގެ ޗެމްޕިއަނުންނަކީ ޑްރަގް ކޯޓާއި ސީއާރުސީ

​މިއަހަރުގެ ބަންޑާރަ ކަޕްގައި އެންމެ ހާއްސަ އެއް މެޗަކީ އެގްޒިބިޝަން މެޗެއްގެ ގޮތުގައި ކުޅުނު ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ބައްދަލުކުރި މެޗެވެ. މި މެޗުގައި ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ފަނޑިޔާރުންނާއި މިހާރު ވެސް ހިދުމަތުގައި ދެމިތިއްބެވި ފަނޑިޔާރުން ކުޅުއްވާފައިވެ އެވެ.

ބަންޑާރަ ކަޕް 202: މި އަހަރުގެ ޗެމްޕިއަނުންނަކީ ޑްރަގް ކޯޓާއި ސީއާރުސީ

މީގެ އިތުރުން، ގާނޫނީ ވަކީލުންގެ ޓީމުގައި ދާއިރާ ގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ވަކީލުން ބައިވެރިވެވަޑައިގެންފައިވެ އެވެ.

​ޝަރުއީ އަދި ގާނޫނީ ދާއިރާ ގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ މަގްސަދު ގައި ބަންޑާރަނައިބުގެ އޮފީހުގެ ރިކްރިއޭޝަން ކްލަބު، ބަންޑާރަ ކްލަބުން 2022 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ބަންޑާރަ ކަޕަކީ ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ފުޓްސަލް މުބާރާތެެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.