"ސަރުކާރު ދަމަހައްޓަން މަޖިލީހަށް ހޮވަން އެންމެ މުހިންމު އެއް ބޭފުޅަކީ ޝުޖާއު"

ދާއިރާގެ ހަތަރު ރަށުގެ ރައްޔިތުންނާ ވެސް ވަރަށް ގާތްގުޅުމެއް ބާއްވަވާ އަދި އެ ރަށްތަކުގެ ތަރައްގީއަށް ވަކާލާތު ކުރައްވާ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝުޖާއު އަކީ މިވަގުތު ތިލަދުންމައްޗަށް ނިސްބަތްވާ އެންމެ ވަރުގަދަ ސިޔާސީ ލީޑަރެވެ.

ބާރަށު ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް ޝުޖާއު ރައީސް މުއިއްޒުގެ އަރިހުގައި --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ކުރިއަށް އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރުމަށް ސަރުކާރުން އެންމެ ބޭނުންވާ އެއް މުުހިންމު އެއް ބޭފުޅަކީ އިބްރާހިމް ޝުޖާއު (ޝުޖާ) ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ރައީސް މުއިއްޒު، އުތުރުގެ ބައެއް ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅު ގައި ބާރަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ޝުޖާއު ކަމަށާ މަޖިލީހަށް އިންތިހާބު ވެވަޑައިގެންފިނަމަ ސަރުކާރު ދެމެހެއްޓުމަށް ވެސް އެންމެ ބުރަކޮށް / އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރައްވާނެ ބޭފުޅަކީ ޝުޖާއު ކަމަށެވެ.

ޝުޖާއު އަކީ ބާރަށު ދާއިރާ އިން ރައީސް މުއިއްޒުގެ / ސަރުކާރުގެ ކެންޑިޑޭޓް ކަން ފާހަގަ ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ޝުޖާއުއާ އެކު ރައީސް މުއިއްޒާއި ސަރުކާރުގެ ހުރިހާ ވެރީންގެ އިތުބާރާއި ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"ސަރުކާރު ދެމެހެއްޓުމަށްޓަކައި އެ މަޖިލީހަށް [ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް] ވައްދަން ބޭނުންވާ އެންމެ މުހިންމު އެއް ބޭފުޅަކީ އިބްރާހިމް ޝުޖާއު،"

ޝުޖާއު ވާދަކުރައްވާ ބާރަށު ދާއިރާގެ ހަތަރު ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި ޖަލްސާ ގައި އަބްދުއްރަހީމް ވިދާޅުވީ ވިހިވަނަ މަޖިލީހަށް ޝުޖާއު އިންތިހާބު ކޮށް ދެއްވުމަކީ ބާރަށު ދާއިރާގެ ރައްޔިތުން ކޮންމެހެން ކުރަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު އޮންނަ އިންތިހާބު ގައި ޕީއެންސީގެ ނާއިބު ރައީސް / ހުޅުމާލެ ދާއިރާގެ ކައުންސިލަރުގެ މަގާމު ގައި ވެސް ހުންނެވި އިބްރާހިމް ޝުޖާއު ވާދަ ކުރައްވަނީ ބާރަށާއި މުރައިދު އާއި އުތީމާއި ތަކަންދޫ ހިމެނޭ ބާރަށު ދާއިރާ އަށެވެ. ޝުޖާއު ވަނީ 18 ވަނަ މަޖިލީހު ގައި ވެސް ބާރަށު ދާއިރާ ތަމްސީލު ކުރައްވާފައެވެ.

ދާއިރާގެ ހަތަރު ރަށުގެ ރައްޔިތުންނާ ވެސް ވަރަށް ގާތްގުޅުމެއް ބާއްވަވާ އަދި އެ ރަށްތަކުގެ ތަރައްގީއަށް ވަކާލާތު ކުރައްވާ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝުޖާއު އަކީ މިވަގުތު ތިލަދުންމައްޗަށް ނިސްބަތްވާ އެންމެ ވަރުގަދަ ސިޔާސީ ލީޑަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.