ހުޅުމާލޭގައި ފުޓްސަލް އަދި ނެޓްބޯޅަ ކޮމްޕްލެކްސްއެއް އަޅަނީ

އަދި، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހަފްތާ 14ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް އެޗްޑީސީން ފާހަގަކޮށްފައިވެ އެވެ.

ހުޅުމާލޭގައި ފުޓްސަލް އަދި ނެޓްބޯލް ކޮމްޕްލެކްސް އަޅަން އެއްބަސްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ފުޓްސަލް ކޮމްޕްލެކްސް އަކާއި ނެޓްބޯލް ކޮމްޕްލެކްސްއެއް ތަރައްގީ ކުރަން އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިއީ މުޖުތަމައުގައި ކުޅިވަރާއި، ދުޅަހެޔޮ ސިއްހަތަށް އޮންނަ ޝައުގުވެރިކަން އިތުރު ކުރުމުގެ ގޮތުން އަޅަން ނިންމާފައިވާ ދެ ކޮމްޕްލެކްސް ކަމަށެވެ.

އަދި، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "ހަފުތާ 14" އިގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް އެޗްޑީސީން ފާހަގަ ކޮށްފައި ވެއެވެ.

މި ދެ ކޮމްޕްލެކްސް އަޅަން އެޗްޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ސޮއި ކުރެއްވިއިރު، ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ.

ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ކުޅިވަރު ކުޅޭ ތަންތަން އިތުރުކޮށް، ކުޅުންތެރިންނަށް ރާއްޖޭން ބޭރުން ތަމްރީނުތައް ދިނުމަކީ ސަރުކާރުގެ ވައުދެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.