ކުނި އުކާ އާންމު އުޅަނދުތަކުގެ ފީ ކުޑަކޮށްފި

. މާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ހިދުމަތް ފޯރު ކޮށްދޭ ފެސިލިޓީތަކަށް ދަ އާންމުންނާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއްގެ ގޮތުން ކޮންމެ ފަހަރަކު 150ރ. ގެ ފީއެއް ނަގާނެ އެވެ.

ވެމްކޯއިން ކުނި ނައްތާލުމުގެ މަސައްކަތް ކުރަނީ: ވެމްކޯއިން ގެންދަނީ ވޭސްޓް މެނޭޖް ކުރުމުގައި ބަދަލުތައް ގެންނަމުން

މާލޭ ސަރަހައްދުގައި ކުނި އުކައިދޭ އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ ކުޑަކުރަން ވެމްކޯއިން ނިންމައިފި އެވެ.

ވެމްކޯގެ ބަޔާނުގައިވާ ގޮތުން ކުނި އުކާލަން އާންމު ފަރާތްތަކުން ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ، އަންނަ މާޗު މަހުން ފެށިގެން ކުޑަވާނެ އެވެ. އެގޮތުން މިހާރު އެ ހިދުމަތުން ޓަނަކަށް ނަގަމުން އަންނަ 1،060ރ. ގެ ބަދަލުގައި ދެން ނަގާނީ 750ރ. އެވެ.

އަދި ކުނި ޖަމާކުރާ ފެސިލިޓީތަކަށް ކުނި ގެންދާ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުންޏަށް ފީ ނަގާނީ ޓަނަކަށް 2،660ރ. މަގުންނެވެ. މާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ހިދުމަތް ފޯރު ކޮށްދޭ ފެސިލިޓީތަކަށް ދަ އާންމުންނާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއްގެ ގޮތުން ކޮންމެ ފަހަރަކު 150ރ. ގެ ފީއެއް ނަގާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.