ބިންވެރިޔާ ސްކީމް: 8،000 މީހުނަށް ގޯތި ރަޖިސްޓަރީ ދީފި

ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގައި 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވި އެވެ. ޖުމުލަ 9،003 ގޯތި ދޫކުރެ އެވެ. އެއީ ހުޅުމާލޭންނާއި ގުޅިފަޅުންނާއި ގިރާވަރުފަޅުންނެވެ.

މާލޭ މީހުންގެ ތެރެއިން ހުޅުމާލެ އިން ގޯތި ލިބުނު މީހުންނަށް ގޯތި ދޭން ބިން ހިއްކުމުގެ މަސައްކަތް ކުރަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުގައި މިހާތަނަށް 8،000 މީހުންނަށް ގޯތި ހަވާލު ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ވަނީ ނޫސް ބަޔާނެއް އާންމު ކޮށްލާފަ އެވެ. 

އެ ބަޔާނުގައި އޮތް ގޮތުން މިހާތަނަށް 8250 މީހުން ގޯތި އެގްރީމެންޓުގައި ސޮއިކޮށް ވަނީ ރަޖިސްޓަރީ ދީފަ އެވެ. މީގެ އިތުރުން ބިން ލިބުނު ލިޔުން 118 މީހަކާ ހަވާލުކޮށްފައި ވެއެވެ.

އެ ބަޔާނުގައި އޮތް ގޮތުން ބިން ހަވާލު ނުކުރާ 303 މީހަކު އެބަތިއްބެވެ. ސޮއި ނުކުރާ 16 މީހަކާއި، މަރުވުމުގެ ސަބަބުން ސޮއި ނުކުރެވި 12 މީހަކު ވެސް ހިމެނޭއިރު އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުގެ ސަބަބުން 120 ފޯމެއްގައި ސޮއި ނުކުރެވެ އެވެ. އޭގައި އަދި ބުނަޖީ 212 އެގްރީމަންޓެއްގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ހިނގާ ކަމަށެވެ. 

ބިންވެރިޔާ ސްކީމުގައި އެގްރީމަންޓުގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލު ކުރުމުގެ އިތުރުން ގޯތި ލިބިފައިވާ ކަމުގެ ލިޔުން ހަވާލު ނުކުރެވޭ މީހުނާ ގުޅުމުގެ މަސައްކަތް މިނިސްޓްރީން ކުރެ އެވެ. ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގައި 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވި އެވެ. ޖުމުލަ 9،003 ގޯތި ދޫކުރެ އެވެ. އެއީ ހުޅުމާލޭންނާއި ގުޅިފަޅުންނާއި ގިރާވަރުފަޅުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.