އަރަބިއްޔާގެ އަމަލީ މަސައްކަތް ފަށައިފި، ދެ އަހަރުން ނިންމަނީ

އަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅީ ކުރީ ގައި ކުނިކޮށި ހުރި ބިން ކަމުގައިވާ 381 ނަންބަރު ކޮށްޓެވެ. އަރަބިއްޔާ އިމާރާތް ކުރާނީ 10 ބުރިއަށެވެ.

އަރަބިއްޔާ ސުކޫލް އިމާރާތް ކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމަށް ހާއްސަ ހަމައެކަނި ސުކޫލް -- އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އަޅާނެ ބިން ކަނޑައަޅާ "ހަފުތާ 14" ގައި އަމަލީ މަސައްކަތް ފަށަން ސަރުކާރުން އޮތީ ނިންމާފައެވެ. އެ މުއްދަތު ހަމަވާން ދެތީން ދުވަހަށް ވެފައި ވަނިކޮށް އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

އަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅީ ކުރީ ގައި ކުނިކޮށި ހުރި ބިން ކަމުގައިވާ 381 ނަންބަރު ކޮށްޓެވެ. އަރަބިއްޔާ އިމާރާތް ކުރާނީ 10 ބުރިއަށެވެ. ޖުމްލަ 42 ކްލާސް ރޫމް ހިމެނޭނެ އެވެ. 

ސަރުކާރުގެ އަމާޒަކީ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ސުކޫލު ހުޅުވުމެވެ.

އަރަބިއްޔާ ސުކޫލް އިމާރާތް ކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި

އަރަބިއްޔާ ސްކޫލް ޒަމާނީކޮށް ފުޅާ ދާއިރާއެއްގައި އަރަބި ބަހުން ތައހލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާ އެކު މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި ޖާގައިގެ ގޮތުން ތަނަވަސ ޒަމާނީ އާ އިމާރާތެއް ބިނާކޮށް އެތަނަށް އަރަބިއްޔާ ސްކޫލް ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ "ދިވެހީންގެރާއްޖެ" މެނިފެސްޓޯގައި ހިމެނޭ ރިޔާސީ ވައުދެކެވެ.

އަދި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ގޮތަށް އަރަބިއްޔާ ސްކޫލު އެޅުމުގެ މަސައްކަތް ފެށްޓެވުމަކީ ވެސް އެމަނިކުފާނު ވައުދުވެޑައިގެންފައިވާ ކަމެކެވެ.

އަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ނެތުމުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ގެންދަނީ ވަރަށް ގިނަ ދަތިއުނދަގޫތައް ތަހައްމަލު ކުރަމުންނެވެ. އަދި އެކަމުގެ ޝަކުވާތައް އެ ސްކޫލުގެ ބެލެނިވެރިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އުފުލަމުންގެންދާތާ ވަނީ އެތައް އަހަރުތަކެއް ވަނީ ވެފައެވެ.

އަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ބިނާކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

އަރަބިއްޔާ ސުކޫލް އިމާރާތް ކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި

އަރަބިއްޔާ ސްކޫލު އިމާރާތު ގައި ރެނދުލައި ބޮލަށް ވެއްޓެން ކައިރިވުމުން ދަރިވަރުން ބަދަލުކުރީ ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށެވެ. މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުން އެ ދަރިވަރުން ވަނީ ދަރުމަވަންތަ ސްކޫލް ހިންގި އިމާރާތައް ބަދަލުކޮށްފަ އެވެ. ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތުގައި ކިޔެވި ދަރިވަރުން މިހާރު ވަނީ އަލަށް އިމާރާތް ކުރި ތަނަށް ބަދަލުކޮށްފަ އެވެ.

ބާޖަމާލުއްދީން ބިމުގައި އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ކުރަން ނިންމާ އަމީން ކޮންސްޓްރަކްޝަންއާ ވެސް މިދިޔަ ސަރުކާރުން ހަވާލުކުރި އެވެ. ނަމަވެސް ކޮންޓްރެކްޓްގެ މުއްދަތު ހަމަވެގެން ދިޔައީ ބިން ސާފު ކުރުން ފިޔަވާ އެއްވެސް މަސައްކަތެއް ނުފެށުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.