ޖުލައި ގައި އުތުރުގައި ބަންކަރީންގެ ހިދުމަތް ފެށޭނެ: ސައީދު

"އިރާދަކުރެއްވިއްޔާ ދެ ހަފްތާގެ ތެރޭގައި -- ދެތީން ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް ދުނިޔޭގެ ޓޮޕްޓެން ގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުންޏާ އެކު ބަންކަރީންގެ ހިދުމަތަށް މި ސަރަހައްދު ވަންނާނެ،"

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

އެންމެ ލަސްވެގެން ޖުލައި މަހުގެ ތެރޭގައި ތިލަދުންމަތީ އުތުރުބުރީގައި -- އިހަވަންދިއްޕޮޅު ގައި ބަންކަރީންގެ ވިޔަފާރި ފެށިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އުތުރުގެ އަތޮޅުތަކުގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވަނީ ކުރިއަށް އޮތް ދެތީން ހަފްތާގެ ތެރޭގައި ބަންކަރީންގެ ހިދުމަތް ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ ދެ ހަފްތާގެ ތެރޭގައި -- ދެތީން ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް ދުނިޔޭގެ ޓޮޕްޓެން ގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުންޏާ އެކު ބަންކަރީންގެ ހިދުމަތަށް މި ސަރަހައްދު ވަންނާނެ،"

މިނިސްޓަރު ވިދާޅުވީ އެ ކުންފުންޏާ އެކު ފެށޭ މަސައްކަތުން އެންމެ ލަސް ވެގެން ޖުލައި މަހުގެ ކުރީން އެ ވިޔަފާރި ފެށޭނެ ކަމަށެވެ. އެކަމުގެ ސަބަބުން އާމްދަނީ އިތުރުވެ ބޭރުގެ ފައިސާ ލިބުމަށް ވަރަށް ބޮޑު ދޮރެއް ހުޅުވޭނެ ކަމަށް ވިދާޅުވި އެވެ. އުތުރުގައި އެތައް ސަތޭކަ ވަޒީފާއެއް އުފެދި ކުދި ވިޔަފާރިތަކަށް ވަރަށް ފަހި ފުރުސަތުތައް ތަނަވަސް ވެގެންދާނެ ކަމަށެވެ.

އުތުރުގައި ބަންކަރީންގެ ހިދުމަތް ފެށުމަކީ ޒަމާންވީ ދިގު ހުވަފެނެއް ހަގީގަތަކަށް ވުން ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަމަށް ދެން ދިގު އިންތިޒާރެއް ކުރަން ނުޖެހޭނެ ކަމަށެވެ.

"މިތަނުން ދަތުރުކުރާ ބޯޓް ފަހަރަށް ބަންކަރީންގެ ހިދުމަތް ދެން ދޭން އިރާދަކުރެއްވިއްޔާ ދެތީން މަސް އަޅުގަނޑުމެންނަށް ކުރިއަށް އޮތީ،" ސައީދު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.