އިންޑިއާ ކަނޑުގެ ސަލާމަތަށް ރައީސް މުއިއްޒު އިސްކަން ދެއްވާ: ޣައްސާން

"ދޯސްތީ" އޮޕަރޭޝަނަކީ އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިންޑިޔާއާއި ރާއްޖެއާ ގުޅިގެން 1991 ވަނަ އަހަރު ފެށި ޕްރޮގުރާމެކެވެ. އެ ޕްރޮގުރާމާއި ސްރީލަންކާ ގުޅުނީ 2012 ވަނަ އަހަރު އެވެ.

"ދޯސްތީ" އެކްސިސައިޒް ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ޣައްސާން އޮފިސަރުންނާ ސަލާމް ކުރައްވަނީ

އިންޑިއާ ކަނޑުގެ ސަލާމަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅު ވެއްޖެ އެވެ.

އިންޑިއާ ކަނޑުގައި އަމާންކަމާއި ސަލާމަތް ދެމެހެއްޓުމަށް ރާއްޖޭގެ ދިފާއީ ބާރު ވަރުގަދަ ކުރުމަކީ ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށް އިޝާރާތް ކުރައް މިނިސްޓަރު ޣައްސާން ވިދާޅުވީ އިންޑިޔާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިންޑިއާ އާއި ރާއްޖެ އާއި ސްރީލަންކާގެ ކޯސްޓްގާޑުން ފެށި "ދޯސްތީ" އެކްސަޒައިޒް ފައްޓަވައި ދެއްވަމުންނެވެ.

ވިދާޅުވީ އިންޑިއާ ކަނޑުގައި ޓްރޭޑް ރޫޓުތައް ގިނަ ކަމަށާއި ސަރަހައްދީ ގައުމުތައް ގުޅިގެން ކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ޖެހޭ ކަމަށެވެ. އަދި ކަނޑުމަތީ ހިންގާ ޓެރަރިޒަމްގެ އަމަލުތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވާން ގުޅިގެން ގައުމުތައް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. 

"ސަލާމަތްތެރިކަން ދެމެހެއްޓުމަށް ސަރަހއްދީ ގައުމުތަކުގެ އެހީތެރިކަން ބޭނުން ވާނެ. ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ދިފާއީ ބާރާއި ކޯސްޓްގާޑް ވަރުގަދަ ކުރުމަށް ރައީސް ހާއްސަ އިސްކަމެއް ދެއްވާ،" ޣައްސާން ވިދާޅުވި އެވެ.

"ދޯސްތީ" އޮޕަރޭޝަނަކީ އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިންޑިޔާއާއި ރާއްޖެއާ ގުޅިގެން 1991 ވަނަ އަހަރު ފެށި ޕްރޮގުރާމެކެވެ. އެ ޕްރޮގުރާމާއި ސްރީލަންކާ ގުޅުނީ 2012 ވަނަ އަހަރު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.