މެޖިސްޓްރޭޓް ކޯޓުތަކަށް 7 ފަނޑިޔާރަކު އައްޔަން ކުރަން ނިންމައިފި

ފަނޑިޔާރުން އައްޔަން ކުރަން ނިންމީ ލަފާދޭ ކޮމިޓީން އިންޓަވިއު ކުރުމަށް ފަހު އެވެ. ހަތް ފަނޑިޔާރުން އައްޔަން ކުރަން ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

ޖޭއެސްސީ

މެޖިސްޓްރޭޓް ކޯޓުތަކަށް ހަތް ފަނޑިޔާރަކު އައްޔަން ކުރަން ޖޭއެސްސީން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީން ލަފާ އަރުވާފައިވާ ފަރާތްތަކުގެ ތެރޭން ހަތް ފަރާތެއް ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ނިންމާފައިވާ ކަމަށެވެ. ފަނޑިޔާރުން އައްޔަން ކުރަން ނިންމީ ލަފާދޭ ކޮމިޓީން އިންޓަވިއު ކުރުމަށް ފަހު އެވެ. ހަތް ފަނޑިޔާރުން އައްޔަން ކުރަން ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަންކުރި ފަނޑިޔާރުން

  • 1.ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް ނ. ކުޑަފަރި، ކުރެއިމާ، އަބާން އަބްދުﷲ
  • 2.ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް އެ ރަށު، ވީލްޑެން، ރިމާހު މުހައްމަދު
  • 3.ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް ޅ. ނައިފަރު، އަތަ، އުސްރަތު މުހައްމަދު
  • 4.އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް ފ. ބިލެތްދޫ، ބަސީރީހިޔާ، ޖައިލަމް ތައުފީގު
  • 5.ކ. ދިއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް މާލެ ދަފްތަރު 14060، މަނާފް އިބްރާހީމް
  • 6.ދ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ފ. ނިލަންދޫ، އުނިމާގެ، މޫސާ އިސްމާއީލް
  • 7.ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓަކަށް އައްޔަނު ކުރެވުނު ސ. ހިތަދޫ، ދުބުހިމާގެ، ނަހުޝާ ރަޝީދު

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.