ދުޅަހެޔޮ ކަމަށް ހެނދުނުގެ ކަސްރަތު

ކަސްރަތަށް ދުވުމަކީ ހިތުގެ ބަލިތަކާ ދުރުކޮށްދޭ ކަމެކެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ކަސްރަތުގެ ގޮތުގައި ދުވާ ފަރާތްތަށް ހިތުގެ ބަލިތަކުގައި މަރުވުމުގެ ފުރުސަތު 30 ޕަސެންޓަށް ދަށްކޮށް ދެއެވެ

ފަތިސްނަމާދަށް ފަހު ކޮންމެ ދުވަހަކު ވެސް ވެރިރަށް މާލޭގެ ބޭރު މަގުގައި ގިނަ އަދަދެއްގެ ބަޔަކު ކަސްރަތަށް ދުވުމާއި ހިނގުމުގައި އުޅެއެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް
ކަސްރަތުގެ ގޮތުގައި ދުވަން އެންމެ ރަނގަޅީ ހެނދުނު ގަޑިއެވެ. ދުވަސް ފެށުމުގެ ގޮތުން ދުވަން ދާނަމަ ދުވަހުގެ އުފެއްދުންތެރިކަން އިތުރު ކޮށްދެއެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް
ކަސްރަތަށް ދުވުމަކި ހިތުގެ ބަލިތަކާ ދުރުކޮށްދޭ ކަމެކެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ކަސްރަތުގެ ގޮތުގައި ދުވާ ފަރާތްތަށް ހިތުގެ ބަލިތަކުގައި މަރުވުމުގެ ފުރުސަތު 30 ޕަސެންޓަށް ދަށްކޮށް ދެއެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް
ހެނދުނުގެ ނާސްތާގެ ކުރިިން ދުވާނަމަ މީހާގެ ހަޖަމުގެ ނިޒާމު ރަނގަޅު ކޮށްދީ ފެޓްސް ރައްކާ ކުރާ މިންވަރު ދަށްކުރެއެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް
ކަސްރަތުގެ ގޮތުގައި ދުވާނަމަ ނުވަތަ ހިނގާނަމަ ޙުޅުތަކުގައި ވަރުޖެހި މީހާގެ ހެލިފެލިވެ އުޅެން ފަސޭހަ ކޮށްދެއެވެ, -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް
ދުވަސް ފެށުމުގެ ގޮތުން ދުވަން ދިޔުމަށް އާދަކޮށްފިނަމަ ޤަވައިދުން ކަސްރަތުކުރުމަށް ހިތްވަރުލިބެއެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް
ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނެ ދުވަންދާ ފަރާތަތަކުގެ ނިދީގެ ކޮލިޓީ ރަނގަޅުވުމުގެ އިތުރުން ޑީޕް ސްލީޕްގައި ހޭދަކުރާ ވަގުތު ގިނައެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް
ދުވަސް ފެށުމުގެ ގޮތުން ބޭރުގައި ދުވުމަކީ ނަފްސާނި ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. މީހުންނާއި ދުއްވާ އެއްޗެހި މަގުތަކަުގައި ގިނަނުވަނީސް ކަސްރަތުގެ ތެރޭގައި އުޅެ ދުވަސް ފެށުމަކީ ހިތްގައިމު އެތަށް މަަންޒަރުތަކެއް ފެނި ދުވަސް އުޖާލާ ކޮށްދޭނެ ކަމެކެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް
ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހެނދުނުގެ ކަސްރަތަށް ނިކުންނަ ފަރާތްތައް ދުވަހެއް ދުވަހަކަށް ގިނަވަމުންދިޔުމަކީ ދިވެހިން ސިއްހީ ކަަންކަމަށްދޭ ސަމާލުކަން އިތުރުވާވަރު ދަށްކުވައިދޭ ކަމެކެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.