ރަޝިއާގެ އަމަލުތައް ވަނީ އދ. ޗާޓަރާ މުޅީން ހިލާފުވެފައި: ބައިޑަން

ޗައިނާ އާއި ރަޝިޔާ ރުޅި އަރުވާލުމުގެ ނިޔަތުގައި ވާހަކަފުޅު ދައްކަވައި ބައިޑަން ވިދާޅުވީ އދ. ސަލާމަތީ މަޖިލީސް ފުޅާ ކުރުމުގެ ޝައުގުވެރިކަން އެމެރިކާގައި އެބައޮތެވެ. އެ މަސައްކަތް ކުރިޔަށް ގެންދާނެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން: ރަޝިއާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި

ނިއުކުލިޔާ ހަތިޔާރު ކުރިމައްޗަށް ނެރެ، އިންޒާރުތަކާއެކު ރަޝިިޔާގެ ރައީސް ލަޑީމިއާ ޕުޓިން ކުރައް ވަނީ ޒިންމާދާރު ކަމެއް ނެތް ވެރިކަމެއް ކަމަށާއި ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ފަށައި، އދ. ގެ ޗާޓަރާ މުޅީން ހިލާފުވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ބައިޑަން ވިދާޅުވީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރަކު އެ ގައުމުގެ އަވަށްޓެރި ގައުމަށް އަރައިގެނެ މިނިވަން ގައުމެއް ދުނިޔޭގެ ޗާޓުން ފުހެލުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"ރަޝިޔާގެ މިއަމަލުން އެ ގައުމު ވަނީ އދ. ޗާޓަރާއި ޚިލާފުވެފައި" ބައިޑަން ވިދާޅުވި އެވެ.

ޗައިނާގެ ގުޅުމަށް އިޝާރާތް ކުރައްވަމުން ބައިޑަން ވިދާޅުވުމީ ޗައިނާއާއެކު އެއްވެސް ކަހަލަ "ކޯޅުމަކަށް" ދާން އެމެރިކާ ބޭނުން ނުވާ ކަމަށާއި ބަދަހިކަން ގެނެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޗައިނާ އާއި ރަޝިޔާ ރުޅި އަރުވާލުމުގެ ނިޔަތުގައި ވާހަކަފުޅު ދައްކަވައި ވިދާޅުވީ އދ. ސަލާމަތީ މަޖިލީސް ފުޅާ ކުރުމުގެ ޝައުގުވެރިކަން އެމެރިކާގައި އެބައޮތް ކަމަށެވެ. އެގޮތުން ދެކުނު އެމެރިކާ ތަމްސީލު ވާނެހެން އދ. ގެ ސަލާމަތީ މަޖިލިސް ފުޅާ ކުުރަން އެމެރިކާއިން ތާއީދު ކުރާނެ ކަމުގެ އިޝާރާތް ދެއްވައި ވިދާޅުވީ އެ މަސައްކަަތް ކުރިއަށް ގެންދަން އެމެރިކާ އޮތީ ނިންމައިގެން ކަމަށެވެ.

އެމެރިކާއިން އެހެން ބުނި ނަމަވެސް އެއީ ކުރަން ފަސޭހެ އަދި ވުމަށް ވުރެ ނުވުން ކައިރި ނާދިރު ކަމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.