ޣައްޒާގައި ހުރި ރައީސް ޢަރަފާތުގެ ގެކޮޅަށް އިސްރާއީލުން ހަމަލާދީފި

ރައީސް ޢަރަފާތު ޣައްޒާގައި ދިރިއުޅުއްވި މި ގެއަކީ ފަލަސްޠީނުގެ ތާރީޚުގައި ވަރަށް މުހިއްމު ތަނެކެވެ.

ރައީސް އަރަފާތުގެ ގެކޮޅަށް ހަމަލާ ދީފައި

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޢުދްވާނުގެ 139ވަނަ ދުވަހު ޣައްޒާއަށް ދިން ޙަމަލާގައި ރައީސް ޢަރަފާތު ދިރިއުޅުއްވި ގެކޮޅަށް ބޮންއަޅައި ވައްޓައިލައިފި އެވެ.

ޚަބަރުތައް ބުނާ ގޮތުގައި ޣައްޒާއަށް ދަތުރުކުރާ މީހުންގެ މަޒާރެއް ކަމުގައިވާ ރައީސް ޢަރަފާތުގެ ގެކޮޅަށް ބޮންއެޅުމުގެ ސަބަބުން އެގޭގެ ތާރީޚީ މަލަތައް ވަނީ ނެތި އިންދިރާސްވެފަ އެވެ.

ރައީސް ޢަރަފާތު ޣައްޒާގައި ދިރިއުޅުއްވި މި ގެއަކީ ފަލަސްޠީނުގެ ތާރީޚުގައި ވަރަށް މުހިއްމު ތަނެކެވެ. އެއީ ފަލަސްޠީނު މީހުން އިސްރާއީލާ ދެކޮޅަށް ކުރަމުންދާ ޖިހާދުގެ މުހިއްމު މަރްޙަލާތަކެއް ދެކެފައިވާ ހިޔާވައްސެކެވެ.

ރަޢިސް ޢަރަފާތު މި ގޭގައި އުޅއްވީ 1995 ން ފެށިގެން 2001 އާ ހަމައަށެވެ. އެއަށްފަހު އޭނާ ވަޑައިގަތީ ހުޅަނގު އައްސޭރީގެ ރާމަﷲއަށެވެ. އޭނާ 11 ނޮވެންބަރު 2004 ވަނަ ދުވަހު މި ދުނިޔެ ދޫކުރައްވަންދެން އުޅުއްވީ ރާމަﷲގައެވެ.

​ޢަރަފާތު އަވަހާރަވުމުން މި ގޭގެ މިލްކިއްޔަތު ބަދަލުވީ ފަލަސްޠީނުގެ އިންވެސްޓްމެންޓް ފަންޑަށެވެ. މި ފަންޑުން މި ތަން ބަލަހައްޓައި ވުނަކުރަމުންދަނީ ތާރީޚީ ތަނެއްގެ ގޮތުގައެވެ. ފަލަސްޠީނަށް ޒިޔާރަތް ކުރައްވާ ބޭރުގެ ރައީސުން މި ގެއަށް ޒިޔާރަތްކުރައްވައި ހަނދާނީ ފޮޓޯތައް ނަންނަގަވައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.