ޝާހިދު ވަޑައިގަތުމަކީ އެމްޑީޕީގެ އަސްލު ނެތިވެ ފާލުން ނެއްޓުމުގެ ސިއްކަ ޖެހުން: ޝަހީމް

"މަނިކުފާނު [އަބްދުﷲ ޝާހިދު] އެމްޑީޕީގެ ޒައަމަތަށް އައުމަކީ އެމްޑީޕީގެ އަސްލު ނެތިވެ ފާލުން ނެއްޓިފައިވާ ކަމުގައި ސިއްކަ ޖެހުން،"

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމްޑީޕީގެ ޒައާމަތަށް ވަޑައިގަތުމަކީ އެ ޕާޓީގެ އަސްލު ނެތިވެ ފާލުން ނެއްޓިފައިވާ ކަމުގެ ސިއްކަ ޖެހުމެއްގެ ގޮތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސިފަ ކުރައްވައިފި އެވެ.

ޝަހީމް މިފަދަ ސިފަކުރެއްވުމަކުން ޝާހިދަށް ފާޑުވިދާޅުވީ ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓްގެ މާލެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރަށް ފާޑު ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވާ އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައެވެ.

ޝާހިދު ވިދާޅުވި ގޮތުގަައި ރާއްޖޭން ބަލާލި ކޮންމެ ދިމާލަކުން ފެންނަން އޮތީ މިސްރާބު އޮޅިފައިވާ މިންވަރާއި ފާލުން ނެއްޓި ކައްސާލާފައި އޮތް މިންވަރެވެ. އަދި މިހާރު ފެންނަ މަންޒަރުތަކުން އެ ދަނީ ސީދާ ފަރަށް އަރަން ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވި އެވެ.

އެ ވާހަކަފުޅަށް ރައްދު ދެއްވަމުން މިނިސްޓަރު ޝަހީމް ވަނީ ޝާހިދު އެމްޑީޕީގެ ޒައާމަތަށް ވަޑައިގަތުމަކީ އެ ޕާޓީގެ އަސްލު ނެތިވެ ފާލުން ނެއްޓިފައިވާ ކަމުގެ ސިއްކަ ޖެހުމެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި ޝާހިދާއި އެމްޑީޕީން މަސައްކަތް ކުރަނީ ބޭރުގެ އެކި ފަރާތްތަާއި ގުޅިގެން ދިވެހީންގެ ގާނޫނީ އަދި ދިމިގްރާތީ ވެރިކަމަށް ޖެއްސުންކޮށް އިނދަޖައްސާލުމަށް ކަމަށް ވިދާޅުވި އެވެ.

އެ މަސައްކަތް ފެއިލް ކޮށްލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ގާނޫނީ ދިމިގުރާތީ ވެރިކަން ކުރުމަށް ޖެއްސުންކޮށް އިނދަޖައްސާލަން ތިކުރާ މަސައްކަތް، ޒުވާން ތައުލީމީ ޖީލު ނިކުމެ އިންޝާ ﷲ ފެއިލް ކުރާނެ. މަނިކުފާނު އެމްޑީޕީގެ ޒައަމަތަށް އައުމަކީ އެމްޑީޕީގެ އަސްލު ނެތިވެ ފާލުން ނެއްޓިފައިވާ ކަމުގައި ސިއްކަ ޖެހުން،" ޝަމީމް ވިދާޅުވި އެެވެ.

އެމްޑީޕީގެ ރައީސް ކަމަށް ހުޅުވާލުމުން ކުރިމަތިލެއްވީ ޝާހިދު އެކަންޏެވެ. އެހެން ކަމުން އަންނަ މަހުގެ ދެވަަނަ ދުވަހު އޮންނަ އެމްޑީޕީގެ ރައީސްގެ ވޯޓް ކެންސަލް ކޮށް ވޯޓެއް ނެތި ޝާހިދު އިންތިހާބު ވެފައިވާ ކަމަށް ވެސް ވަނީ އިއުލާނު ކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.