"މަސްލަހަތު ހިމާޔަތް ނުކުރި، ބަންޑާރަ ނައިބު މަޖިލީހުގެ އަގު ވައްޓާލައިފި"

"ރައްޔިތުންގެ މަޖިލީހުގެ ގަދަރާ އިއްޒަތް ހިމާޔަތް ކުރުމުގެ ބަދަލުގައި، ރައްޔިތުންގެ މަޖިލީހުގެ އަގު ވައްޓާލުމުގެ މަސައްކަތް ކުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ. މީ އަޅުގަނޑުމެން ހިތާމަ ކުރާ ކަމެއް. ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް،"

އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން --

ރައްޔިތުންގެ މަޖިލީހުގެ މަސްލަހަތު ހިމާނާތް ކުރުމުގެ ބަދަލުގައި، ބަންޑާރަ ނައިބް އަހުމަދު އުޝާމް، އެ އިދާރާގެ އަގު ވައްޓާލާފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފި އެވެ.

މަޖިލީހުގެ މެމްބަރަކު އިސްތިއުފާ ދީފި ނަމަ އެ ގޮނޑި ޖުމްލަ މެމްބަރުން ގުނާއިރު ނުގުނާގޮތަށް މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހާ ދެކޮޅަށް ބަންޑާރަ ނައިބްގެ އޮފީހުން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

އެ މައްސަލަ އިއްޔެ ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ދައުވާ ރައްދުވާ ފަރާތެއް ނެތް ގޮތަށެވެ. އެގޮތަށް ބަންޑާރަ ނައިބްގެ ފަރާތުން އެދުނީ، މަޖިލީސް ވެސް ތަމްސީލު ކުރަން ޖެހޭނީ އެ އޮފީހުން ކަމަށްވާތީ އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތުޅާދޫ ދާއިރާގެ މެމްބަރު، ހިސާން ހުސެއިން ވިދާޅުވީ ބަންޑާރަ ނައިބް ދިފާއު ކުރަން ޖެހޭ މުވައްސަސާއަކާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވެއްދުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަދަރާ އިއްޒަތް ހިމާޔަތް ކުރުމުގެ ބަދަލުގައި، ރައްޔިތުންގެ މަޖިލީހުގެ އަގު ވައްޓާލުމުގެ މަސައްކަތް ކުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ. މީ އަޅުގަނޑުމެން ހިތާމަ ކުރާ ކަމެއް. ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް،" ހިސާން ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބް ރައީސް އަދި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، މަޖިލީހުގެ މައްޗަށް ޝަރުއީ ދާއިރާ މެދުވެރިކޮށް ބަންޑާރަ ނައިބް ނުފޫޒު ފޯރުވަމުން ދަނީ ސަރުކާރުގެ ނުފޫޒުން ކަމަށެވެ. މިއީ ތިން ބާރު ވަކިވެފައި އޮތް ދައުލަތެއްގައި ހިނގައިގެން ވާނެ ކަމެއް ނޫން ކަން ވެސް ފާހަގަ ކުރެއްވި އެވެ.

"މިހާރު އަޅުގަނޑުމެންނަށް މި ހިނގަމުންދާ ކަންތައްތަކުން މި ފާހަގަކުރެވެނީ، ތިން ބާރު ވަކިކޮށްފަ އޮތް ޑިމޮކްރެޓިކް ނިޒާމެއް ރާއްޖޭގަ އޮންނަން ވާނެ ކަމަށް ގާނޫނުއަސާސީން ބުނެދީފަ އޮތް އިރުގަ، ގާނޫނު ހެދުމުގެ ބާރުގެ މައްޗަށް ޝަރުއީ ދާއިރާ މެދުވެރިކޮށް ސަރުކާރުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާތަން،" ސަލީމް ވިދާޅުވި އެވެ.

ކޮންމެ ފަހަރަކު މަޖިލީހުން ކަމެއް ކުރަން ނިންމާއިރަށް، ކޯޓު މެދުވެރިކޮށް އެ ނިންމުން ބާތިލުކުރަން ސަރުކާރުން ބަންޑާރަ ނައިބް މެދުވެރިކޮށް ކުރާ މަސައްކަތަކީ ޑިމޮކްރެސީ ފުނޑުފުނޑު ވެދާނެ ކަމަށާއި، އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.