ބިދޭސީންގެ މިނިމަމް ވޭޖު ފަސްކުރާ ބިލް ތަސްދީގު ކޮށްފި

މިނިވަން ވޭޖްގެ ގާނޫނު ހެދި އިރުވެސް ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން ފަސް ކުރަން ރާއްޖޭގެ އިގްތިސޯދީ މާހިރުން ސަރުކާރަށް ލާފަ އަރުވަމުން ދިޔަ އެވެ. އަދި ކުންފުނިތަކުން އެކަން ފާހަގަކޮށް ކަންބޮޑުވުން ވެސް ފާޅު ކުރި އެވެ. ނަމަވެސް އޭރު އަޅައި ނުލައި ބިދޭސީންގެ ސުންގަޑި ވެސް ހިމަނައިގެން ގާނޫނު ފާސް ކުރީ އެވެ.

ރާއްޖޭގެ މަސައްކަތު އާބާދީގައި ހިމެނޭ ބިދޭސީންނަށް މިނިމަމް ވޭޖުގެ މުސާރަ ދޭން ފެށުން ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ މުއްދަތު ފަސް ކުރަން ސަރުކާރުން އެ ގާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ބިދޭސީންނަށް މިނިމަމް ވޭޖުގެ މުސާރަ ދޭން ފެށުން ފަސްކުރާ ބިލު ހުށަ ހަޅައި ފުރަތަމަ ކިޔުން އިއްވީ މި މަހުގެ ހަތްވަނަ ދުވަހު އެވެ. އަދި ބިލް ވަނީ އިޖްތިމާއީ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމެޓީންވެސް ނިންމީ ސަރުކާރުން ހުށައެޅި ގޮތަށް ބިދޭސީންގެ މިނިމަމް ވޭޖް ފަސްކުރުމަށެވެ. ކޮމެޓީ ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓްގައި އެ ގޮތަށް ފެންނަ ކަމަށް 49 މެންބަރަކު ވޯޓް ދެއްވިއެވެ. އެގޮތަށް ފާސްކުރުމާއި ދެކޮޅަށް ވޯޓް ދެއްވީ އެންމެ މެންބަރެކެވެ.

ރައީސް ސޯލިހް މިއަދު ވަނީ އެ ބިލް ތަސްދީގު ކުރައްވާފައެވެ. ބިލްގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރި ކަމަށް ރިއާޔަތްކޮށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ދޭ ލަފާގެ މަތިން މިނިސްޓަރު ކުރާ އަމުރަށް ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަން ޖެހޭ ތާރީހެއް މިނިސްޓަރު ކަނޑައަޅައި އާންމުކޮށް އިއުލާން ކުރަންވާނެ ކަމަށް ގާނޫނުގައި ކަނޑައެޅުމެވެ.

މިނިވަން ވޭޖްގެ ގާނޫނު ހެދި އިރުވެސް ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން ފަސް ކުރަން ރާއްޖޭގެ އިގްތިސޯދީ މާހިރުން ސަރުކާރަށް ލާފަ އަރުވަމުން ދިޔަ އެވެ. އަދި ކުންފުނިތަކުން އެކަން ފާހަގަކޮށް ކަންބޮޑުވުން ވެސް ފާޅު ކުރި އެވެ. ނަމަވެސް އޭރު އަޅައި ނުލައި ބިދޭސީންގެ ސުންގަޑި ވެސް ހިމަނައިގެން ގާނޫނު ފާސް ކުރީ އެވެ.

ރާއްޖޭގެ މިނިމަމް ވޭޖްގެ ދާއިރާތަކާއި މިނިމަމް ވޭޖް

  •  ސިވިލް ސާވިސް: މަހަކު 7،000ރ.
  •  ކުދި ވިޔަފާރިތަކަށް: މަހަކު 4،500 ރ.
  •  މެދު ފަންތީގެ ވިޔަފާރިތަކަށް: މަހަކު 7،000 ރ.
  •  ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8،000 ރ.

ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށް މިނިމަމް ވޭޖު ދިނުން މަޖުބޫރު ކުރީ 2020 ވަނަ އަހަރުގަ އެވެ. އަމަލު ކުރަން ފެށީ ޖެނުއަރީ 1، 2021 ގަ އެވެ. ގާނޫނު ބުނާ ގޮތުން ބިދޭސީއެއް ނަމަ ސަރުކާރުން ކަނޑައަޅާ މިނިމަމް ވޭޖަށް އަމަލު ކުރަން ޖެހޭނީ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ދެ އަހަރު ފަހުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.