"އިންތިހާބުތަކާ ދިމާކޮށް ޔާމީންގެ އިސްތިއުނާފް ލަސްކުރަނީ ނުފޫޒުން"

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އެމަނިކުފާނުގެ ތާއީދާއެކު 40 ކެނޑިޑޭޓުން ވަނީ ކުރިމަތިލައިފަ އެވެ. ނަމަވެސް، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީ އަމަލީ ގޮތުން ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވުން މަނަލެވެ.

ހައިކޯޓުގައި ކުރިއަށް ދިޔަ ޔާމީންގެ ޝަރީއަތެއް: އިސްތިއުނާފް ލަސްވާތީ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި --

ކޮންމެ އިންތިހާބަކާ ދިމާކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލަ ލަސްކުރަނީ ނުފޫޒު ފޯރުވައިގެން ކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ވ. އާރަށު މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ނިމި، މިހާރު އޮތީ ހުކުމާ ހިސާބަށް ގޮސްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ އަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހު އެވެ. 

އެ މައްސަލައިގެ ހުކުމް ކުރުން ދިގުލައިގެން ގޮސްފައިވާ މި ދަނޑިވަޅުގައި، މިއަދު ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތު ކުރަން ބޭނުން ވެގެން އަވަސް އަރުވާލައިގެން ޝަރީއަތްތައް ހިންގި މަންޒަރު ވެސް ފެނިގެން ދިޔަ ކަމަށެވެ.

"އިންތިހާބުތަކާ ދިމާކޮށް ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފް ކޯޓުތަކުގައި ލަސްވާތަން ފެންނައިރު، ރައީސް ޔާމީންގެ މައްޗަށް ކުށެއް ސާބިތުކުރަން ބޭނުންވީމާ އަވަސް އަވަހަށް ޝަރީއަތްތައް ހިންގައި ހުކުމް ޖަހާތަން ވެސް ފެނިގެން ގޮސްފައިވާއިރު، މިދެންނެވުނު ކަންކަމަށް ބަލާއިރު، ރައީސް ޔާމީނަށް މިއަދު ގާނޫނުގެ ރައްކާތެރިކަމާއި ހަމަހަމަކަން ޖުޑިޝަރީން ކަޑަވަރުކޮށްދޭ ކަމަކަށް ގަބޫލެއް ނުކުރެވޭ،" އެ ބަޔާނުގައިވެ އެވެ.

ވަކީލުންގެ ބަޔާނުގައި ބުނެފައި ވަނީ، ފަނޑިޔާރުންނަކީ ދުސްތޫރުގެ ސުޕްރިމަސީ ނަގަހައްޓަން ހުވާކޮށްގެން ތިބި ބަޔަކަށްވާއިރު، ސިޔާސީ ނުވެ، ވަކި ފަރާތަކަށް ނުޖެހި ގާނޫނުގެ ވެރިކަން ދަމަހައްޓަން ތިބި ބައެއް ކަމަށެވެ. އެމީހުން މަސައްކަތް ކުރަން ޖެހޭނީ، ވަކި މީހަކަށްވީތީ ތަފާތުކުރުމެއް ނެތި، އެއްވެސް ދިމާލަކުން އަންނަ ނުފޫޒަކަށް ނުލެނބި ކަމަށެވެ.

މީގެ ކުރިން ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް އިސްތިއުނާފް މައްސަލަ ލަސްވެގެން ވަކީލުންގެ ޓީމުން ކަންބޮޑުވުން ފާޅުކުރި އެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އެމަނިކުފާނުގެ ތާއީދާއެކު 40 ކެނޑިޑޭޓުން ވަނީ ކުރިމަތިލައިފަ އެވެ. ނަމަވެސް، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީ އަމަލީ ގޮތުން ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވުން މަނަލެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.