އެކެފަރުއިތާމުތް މަަޝްރޫއު | ވިލިނގިލިކޮޅުން ދުނިޔެއާ ހުވަދޫ ގުޅާލުން

މި މަޝްރޫއު ހިންގާ ފަރަކީ ރާއްޖޭގައި އޮތް ނުކިޔައިދޭ ތާރީހު އޮތް ފަރެކެވެ. މި މަޝްރޫއާއެކު މި ވާހަކަ ދުނިޔެއަށް އާއްމުވެ މަޝްހޫރު ވެގެންދާނެ އެވެ.

ގއ. ވިލިނގިލީގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅުމުގެ ވިސްނުން އެތައް ވެރިންނެއް ގެންގުޅުއްވި އެވެ. އެ ވިސްނުން އެންމެ ފުރަތަމަ ތިލަކުރެއްވީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ވިލިނގިއްޔާ އެއާޕޯޓެއް އެންމެ ކަރިއަށް ގެނެސް ދެއްވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެއީ އެ ރަށުގެ ބުޑުގައި އޮތް ކޫއްޑޫގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީ ކުރުމެވެ. އެކަމަކު އެންމެ އިހުޒަމާނުއްސުރެން ފެށިގެން ވެސް ހުވަދޫއާ ދުނިޔެ ގުޅިގެންދާ ހިތުގެ ގޮތުގައި އޮތް ވިލިނގިލީއްޔާ ހަމައަށް މިހާތަނަށް ބައިނަލްއަގުވާމީ އެއާޕޯޓެއް ފޯރު ކޮށްދޭނެ ބަޔަކު ނުވި އެވެ. 

ވިލިނގިލި ހިއްކައި ބޮޑުކުރިޔަސް އެކަން ކޮށްދޭނެ ވިޔަފާރީގެ ޕްލޭނެއް ގެންނާނެ ވެރިއަކުވެސް ނުވި އެވެ. އެކަމަކު އެ އުންމީދުގައި ތިއްބައި މި ފަހަރު މިވަނީ ވިލިނގިލީ، ހާއްސަކޮށް މުޅި ހުވަދޫ ބަދަލު ކޮށްލާނެ މަޝްރޫއަކާއެކު ވިޔަފާރީގެ ބޮޑު މަސައްކަތެއް ފަށަން މަގުފަހި ވެފަ އެވެ. "އެކެފަރު އިތާމުތް" ނަމުގައި ވިލިނގިލީގެ އެކަފަރު ފަޅުގައި ފަށާ މި ބޮޑު މަޝްރޫއު މި ރަށަށް މުހިންމުވާ ސަބަބެއްވެސް އޮންނާނެ އެވެ. މިކަމުގެ ސަބަބުން މި ސަރަހައްދަށް އަންނާނެ ކުރިއެރުން ތަކެއް ވެސް އޮންނާނެ އެވެ. 

"ވިލިނގިލީގަ އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަކީ ވަރަށް ގިނަ ދުވަހުގެ އުންމީދެއް. މިހާރު ފެނިގެން މިދަނީ މި މަޝްރޫއުގެ ފެށުން،" ހުވަދު އަތޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ ހުވަދޫ ތާރީހު ވެސް ދިރާސާ ކުރައްވާ ކުރީގެ ހާއްސަ މަޖިލީހުގެ މެންބަރު އަދި މަސީގެ ސެކްޓެރީ ޖެނެރަލް އަދުނާން ހަލީމް ވިދާޅުވި އެވެ. 

އެމްއެންއޭސީއައިގެ ރައީސް މުހައްމަދު އަލީ ޖަނާހް

"އެކެފަރުއިތާމުތް" މަޝްރޫއުގެ ނަމުގައި މިދިޔަ ހަފުތާ ނިމެން އުޅެނިކޮށް ހުވަދޫން ތިލަވެ ފެށި މި މަޝްރޫއަކީ މި ފަހުގެ ތާރީހުގައި ރާއްޖޭގައި ފަށާނެ އެންމެ ބޮޑު، އެއްމެ ހިތްގައިމު އެއް މަޝްރޫއަށް ވާނެ އެވެ. މި މަޝްރޫއުގެ މަސައްކަތް ފަށަން ކުންފުންޏަކަށް ހަވާލު ކުރުމުގެ ގޮތުން ދިވެހި ސަރުކާރާއި ޑެންމާކުގެ ބީސިކްސް ކުންފުންޏާ ދެމެދު ވަނީ އެމްއޯޔޫއެއް ގާއިމްކޮށްފަ އެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބިނާ ކަމަށްވާ ބްރުޖްހަލީފާ އާއި އެނޫން ވެސް ބޮޑެތި ބިނާތައް ހެދުމުގައި އިސްކޮށް ހަރަކާތެރިވި ބީސިކްސް އިން ފަށާ މި މަޝްރޫއުގެ ސްކޯޕް ވަރަށް ބޮޑެވެ.

ބީސިކްސްއަކީ ކޮން ބައެއް؟ - ބީސިސްގެ ތައާރަފެއް ދެއްވީ ހުވަދޫގައި އެންމެ ފުރަތަމަ އިންވެސްޓްކުރެއްވި އެއް ވިޔަފާރިވެރިޔާ މިހާރުގެ ރައީސްގެ ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހު އެވެ. އެ ކުންފުންޏަކީ ދުނިޔޭގެ 44 ވަނަ އަހަރު އެންމެ ބޮޑު ކޮންޓްރަކްޝަން ކުންފުނީގެ ލިސްޓުގައި ހިމެނޭ އެއް ކުންފުންޏެވެ. ކުންފުނީގެ މިދިޔަ އަހަރު ޓާންއޯވާ 3.6 ބިލިއަން އެމެރިކާ ޑޮލަރުގައި ހުއްޓެވެ. "މިދިޔަ އަހަރުގެ ފައިދާ އިން ވެސް މި އެއާޕޯޓް އެޅޭނެ،" މި ކުންފުނީގެ ތައާރަފު ދެއްވަމުން ޖަނާ ވިދާޅުވި އެވެ.
މަޝްރޫއު ހިންގަން އެއްބަސްވާ ބީސިސްގެ ބޮޑު ބައިވެރިވުމެއް އޮތް ބްރުޖު ހަލީފާ

އޭގެ ފަހުން މި މަޝްރޫއު ފެށިގެން އައިގޮތް ވެސް ޖަނާ ވިދާޅުވެއް ދެއްވި އެވެ. ޖަނާއަކީ މިހާރު އެއާޕޯޓް އަޅަން މަސައްކަތް ކުރާ އެކެފަރުގެ މެދެއްހާތަނުގައި އޮތް މާފުޓާ ކިޔާރަށުގައި ލަގްޒަރީ ޓޫރިސްޓު ރިސޯޓެއް ހުޅުވި ވިޔަފާރިވެރިޔާ އެވެ. މި ރަށަކީ މިހާރުގެ ޕުލްމަން މާމުޓާ އެވެ. 

"އަޅުގަނޑު ކައިރީގައި ގާތް ރަހުމަތްތެރިން ވެސް ބުނި ތިއީ [ހުވަދު އަތޮޅަކީ] ވަރަށް ދުރޭ. އެހާ ދުރުގަ އެވަރުގެ ޕްރޮޖެކްޓެއް ހިންގައިގެން ކިހިނެއްހޭ ކާމިޔާބު ވާނީ. ވަރަށް ބޮޑު ޗެލެންޖެއް އޭރުވެސް ޑރ. މުއިއްޒު [ރައީސް މުއިއްޒުގެ] ގެ މިނިސްޓަރުކަމުގައި އެ އެއާޕޯޓް ހުޅުވީ. އޭރު ވެސް އަޅުގަނޑުމެން މެދުދުގައި ދެކެވުނު ވާހަކައެއް ކިހާ ދެރަކަމެއްހޭ މިވަރުގެ ބޮޑު ޕްރޮޖެކްޓެއް ހިންގާއިރު އިންޓަނޭޝަނަލް އެއާޕޯޓެއް ހިންގޭވަރުގެ ރަށެއްގައެއް ނޫނޭ ހިންގަން މި ޖެހުނީ، އެއީ އެހެން ސަރުކާރަކުން ނިންމާފަ އޮތް ކަމެއް އެއީ،" ކޫއްޑޫ އެއާޕޯޓު ތަރައްގީ ކުރި ދުވަހުގެ ހަނދާތައް އާ ކުރައްވަމުން ޖަނާ ވިދާޅުވި އެވެ. 

އެމްއެންއޭސީއައިގެ ރައީސް ޖަނާ ރައީސް މުއިއްޒުއަށް ބޮޑުރަސްގެފާނު ޖަގަބު އަރުވަނީ

އެކެފަރުއިތާމުތުގެ ސްކޯޕް

  •  މަޝްރޫއުގެ ޖުމްލަ އަގު 800 މިލިއަން ޑޮލަރު
  •  ޖުމްލަ 17 ރިސޯޓް
  •  ކުޑަ އަށް ޕްރައިވެޓް އައިލެންޑް
  •  ބޮޑު ނުވަ ރިސޯޓް
  •  ވިލިނގިއްޔާއި އެއާޕޯޓާ ދެމެދު 17 ކިލޯމީޓަރުގެ ހައިވޭ
  •  ފުރަތަމަ ފޭސް 2.6 ކިލޯމީޓަރުގެ ރަންވޭ
  •  ދެވަނަ ފިޔަވަހި 3.6 ކިލޯމީޓަރުގެ ރަންވޭ
  •  ޔޮޓްމެރީނާއެއް ހުންނާނެ
  •  ހުވަދޫ އެނދުގެ އަދަދު 5،000 އަށް

މި ފަހަރު 800 މިލިއަން ޑޮލަރުގެ މަަޝްރޫއެއް އިއުލާނުކުރި އެކެފަރަކީ ތާރީހީ ގޮތުން ވެސް މުހިންމު ފަރެކެވެ. މިއީ ރާއްޖޭގެ އެންމެ އުތުރު ބިތެވެ. މިއީ މަޝްހޫރު "ވަން އެންޑް ހާފު ޑިގްރީ ޗެނަލް" އެވެ. މި ފަރުގެ ކޮޅުގައި މަސްވެރިކަން ކުރަން ތިބޭ މަސްވެރިިންނަށް މި ސަރަހައްދުން ބޮޑު މާސިންގާހާ ބޯޓު ފަހަރު އެ ކަނޑުން އަރައިގެން އެކެފަރާ ދިމާލުން ދާތަން ފެނެ އެވެ. މިއީ ދުނިޔޭގެ ކަނޑުދަތުރުކުރާ މާލިމީން ބިރުވެރި ނަޒަރަކުން ބަލާ ބޮޑު ވާހަކައެއް އޮތް ފަރެކެވެ. 

އެކެފަރަށް އުރުނު ނާފަހަރުގެ ވާހަކަ

އެކެފަރަށް އުރުނުކަމަށް ބުނާ ބޯޓެއްގެ ފޮޓޯއެއް

ހުވަދޫގެ ތާރީހު ލިޔުއްވަމުން އެކެފަރަށް އުރުނު ނާފަހަރުގެ ވާހަކައާ ބެހޭ ގޮތުން އަދުނާން ހަލީމް ލިޔުއްވާގައިވާ ގޮތުގައި މީލާދީން 1797 ވަނަ އަހަރުގެ ތެރޭގައި އިންޑިއާގެ ސޫރަތުގެ ނަވައެއް މޮރިޝަސް އަށް ދަތުރު ކުރަމުން ދަނިކޮށް ފަރަންސޭސީންގެ ބަޔަކު ކަނޑު ފޭރުނެވެ. އަދި މިނަވަށް ފަރަންސޭސިން އަރައި އެމީހުންގެ ބާރުގެ ދަށުގައި ދަތުރު ކުރަމުން ދަނިކޮށް، އެ ނައު ހުވަދޫއަތޮޅު އެކެފަރަކަށް އުރުނެވެ. އަދި މިނައު ފަރަށް އަރައި ނައު ހަލާކުވުމުން އެނަވުގެ މީހުންގެ ތެރެއިން ލެޕްރަސީ ޖެހިފައި ތިބިމީހުން ވިލިނގިލީގެ މީހުންނާއި ވަކިން ބައިތިއްބީ ކަމަށާއި ރަނގަޅަށް ތިބިމީހުން މާލެއަށް ގެންދަވައި އިންޑިއާއަށް ފޮނުވާލީ ކަމަށް ބުނެވެއެވެ. 

މީގެ ތެރެއިން އެކަކު އިސްލާމްވެ ދިވެއްސަކާއި ކައިވެނި ކޮށްގެން މާލޭގައި ވަޒަންވެރިވި އެވެ. މިއީ އެކެފަރަށް އުރުނު މަޝްހޫރު ރިޔާލަ ނާ އެވެ. މިނަވުގައި ވަރަށްގިނަ އަދަދަކަށް ރަންރިހީގެ ރިޔާލަ އާއި، ގަހަނާ ހުރި ކަމުގައި ބުނެވެ އެވެ. އޭގެ ފަހުން ހިނގި މިފަދަ އެންމެ މަޝްހޫރު އެއް ހާދިސާއަކީ އެކެފަރަށް އުރުނު ގުރީކު ބޯޓެއްގެ ވާހަކަ އެވެ.

އެމްއެންއޭސީއައިއިން އިފޮޕްކާގެ ބައްދަލުވުމުގައި ބައިވެރިވި އަދުނާން -- މަސީ

އަދުނާން ލިޔުއްވާފައިވާ ގޮތުގައި މީލާދީން 1969 ވަނަ އަހަރު އެކެފަރަށް އުރުނު ގްރީކްބޯޓު ނުވަތަ ގޯނިބޯޓަށް ކިޔާ ނަމަކީ ނިކޮލަސް ކަމުގައި ލިޔެވިފައި އެބަހުއްޓެވެ. މުދާ އުފުލާ މިބޯޓު ހުވަދުއަތޮޅު އިރުއުތުރުން އޮންނަ އެކެފަރަށް އެރީ 15 މެއި 1969 ދުވަހުގެ ރޭ ދަންވަރު، މި އާގުބޯޓު ފަރުގައި ޖެހިފައި ހުރި ހުބަރު ލިބުމުން ގއ. އަތޮޅުވެރިޔާ ވިލިނގިލީ ތުއްތުކަތީބު ބޯޓަށް ވަޑައިގެން ބޯޓުގެ ކެޕްޓަނާއި ބައްދަލު ކުރެއްވި، ތަރުޖަމާނަކަށް ގެންދެވީ ހަވަރު ތިނަދޫގައި އެދުވަސްވަރު ދިރިއުޅުނު އައްޑޫ މުހައްމާތައްކާނު، އަތޮޅުވެރިޔާގެ ބައްދަލު ކުރެއްވުން ކުރިޔަށް ދިޔައިރު އެގިވަޑައިގަތީ ތަރުޖަމާނަކަށް ގެންދިޔަ މީހާއަށް ތަރުޖަމާކުރަން ނޭގޭ ކަމާއި އެއްފަރާތުގެ ވާހަކަ އަނެއް ފަރާތަށް ކިޔައިދޭން ނޭގުނު ކަމަށް ލިޔުއްވާފައިވެ އެވެ. 

"އެކެފަރު އިތާމުތް" މަޝްރޫއު ފަރުމާ ކޮށްފައިވަނީ ކުޑަ އަށް ޕްރައިވެޓް އައިލެންޑާއި ބޮޑު ނުވަ ރިސޯޓް ތަރައްގީ ކުރާ ގޮތަށެވެ. މި އެއާޕޯޓް ހަދަނީ ވިލިނގިލިއްޔާ ދެމެދު 3 ކިލޯމީޓަރުގެ ހައިވޭއަކުން ގުޅާލާ ގޮތަށެވެ. މި ރިސޯޓުތައް ވެގެންދާނީ އެކެފަރުގެ ހަގީގީ ވާހަކައާއެކު ދުނިޔެ އަށް ހުވަދޫ ހުޅުވިގެންދާނެ ކަމަށެވެ. މި ފަރުގައި ފުއްޓަރުފަރާތުގައި ފޮރުވިފައިވާ ސިއްރުތަކުގެ އެތައް ވާހަކައެއް ދުނިޔެއަށް ތިލަވެގެންދާނެ ބޮޑު މަޝްރޫއުއަކަށެވެ. ބޮޑު މިފަޅު މިތަނުގައި އޮންނަތާ އެތައް ހާސް އަހަރަކަށްފަހު އެކެފަރު އިތާ މަޝްރޫއާއެކު ދުނިޔެއަށް ވިލިނގިލި މަޝްހޫރު ވެގެންދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.