މޭ 6 ހަމަލާ: މިއަދު ނަގާ ހެކިބަސް ސިއްރު

ކޯޓުން ބުނީ، ޝަރީއަތް ސިއްރުކޮށްގެން މިއަދު ނަގާނީ އެންމެ ހެއްކެއްގެ ހެކިބަސް ކަމަށެވެ. މި މައްސަލައިގެ ޝަރީއަތްތައް ހިނގާއިރު، ބައެއް ހެކިބަސް ނަގާ ޝަރީއަތްތައް ސިއްރު ކުރަން ކުރިން އޮތީ ނިންމާފަ އެވެ.

ނަޝީދަށް ހަމަލާދިން މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް: މިއަދު ހެކިބަސް ނަގަނީ ސިއްރުކޮށްގެން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލައިގެ މިއަދުގެ ޝަރީއަތް ސިއްރު ކޮށްފި އެވެ.

މޭ 6، 2021 ގައި ނަޝީދަށް އައިއީޑީއެއް ގޮވާލައިގެން ހަމަލާ ދިން މި މައްސަލައިގައި މިހާރު ކުރިއަށް ދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ. މިއަދަށް ވެސް ތާވަލު ކޮށްފައި ވަނީ ހެކިބަސް ނެގުމަށެވެ. ނަމަވެސް މިއަދު 9:00 ގައި އޮތް އެ މައްސަލައިގެ ޝަރީއަތް ސިއްރު ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެ އެވެ.

ކޯޓުން ބުނީ، ޝަރީއަތް ސިއްރުކޮށްގެން މިއަދު ނަގާނީ އެންމެ ހެއްކެއްގެ ހެކިބަސް ކަމަށެވެ. މި މައްސަލައިގެ ޝަރީއަތްތައް ހިނގާއިރު، ބައެއް ހެކިބަސް ނަގާ ޝަރީއަތްތައް ސިއްރު ކުރަން ކުރިން އޮތީ ނިންމާފަ އެވެ.

މީގެ ކުރިން ހެކިބަސް ނެގިއިރު ޝަރީއަތް ކުރިއަށް ގެންދިޔައީ ހުޅުވާލައިގެންނެވެ. ކުރިން ވަނީ ރައީސް ނަޝީދުގެ އޭރުގެ ބޮޑީގާޑުންނާއި، އެވަގުތު އެ ސަރަހައްދު ދުށް އާންމުންގެ އިތުރުން ބައެއް ޑޮކްޓަރުންގެ ހެކިބަސް ނަގައިފަ އެވެ.

މި މައްސަލައިގެ ޝަރީއަތެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ. އެ ދުވަހު ހެކިބަސް ނަގާފައި ވަނީ ބޮން ހަރުކުރި ސައިކަލާ ގުޅޭ ގޮތުންނެވެ. އެ ސައިކަލުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ރިކަވާކުރި ފުލުސް އޮފިސަރު ވަނީ އެދުވަހު ހެކި ބަސް ދީފަ އެވެ. އޭގެ ކުރިން އެ ސައިކަލު، ދައުވާ ލިބޭ ތަހުމީނަށް ވިއްކި މީހާގެ ހެކިބަސް ވެސް ނަގާފައިވެ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، އ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.