އިހަވަންދޫ ލައިސަންސް ޓްރެކް ހުޅުވަން ބޭއްވި އިވެންޓަށް ހުރަސްއެޅި މީހަކު ހައްޔަރު

އެ މީހާ ވަނީ ރޭގެ އިވެންޓް ފެށުމަށް ތައްޔާރުވެފައި ވަނިކޮށް އިވެންޓް އޮންނަ ސަރަހައްދުގެ މެދަށް ޕިކަޕެއް ގައި އައިސް އެ ސަރަހައްދުގައި މަޑުކޮށްގެން އޮވެ އިވެންޓް ފެށުމަށް ހުރަސް އަޅާފައެވެ.

ރޭގެ އިވެންޓް ކުރިއަށް ދިޔަ ސަރަހައްދަށް ޕިކަޕެއް ވައްދާ އިވެންޓަށް ހުރަސް އަޅަން ވަނީ މަސައްކަތް ކޮށްފައި -- އިހަވަންދޫ.ކޮމްގެ ފޮޓޯއެއް

ހއ. އިހަވަންދޫ ލައިސަންސް ޓްރެކް ހުޅުވަން ރޭ ބޭއްވި އިވެންޓަށް ހުރަސްއެޅި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އިހަވަންދޫ ލައިސަންސް ޓްރެކް ހުޅުވަން ރޭ ބޭއްވި އިވެންޓަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނުން ފިޔަވާ އިތުރު ތަފްސީލެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ އިހަވަންދޫ މީހެކެވެ. އެއީ އުމުރުން 41 އަހަރުގެ މީހެކެވެ.

ރޭގެ އިވެންޓް ކުރިއަށް ދިޔަ ސަރަހައްދަށް ޕިކަޕެއް ވައްދާ އިވެންޓަށް ހުރަސް އަޅަން ވަނީ މަސައްކަތް ކޮށްފައި -- އިހަވަންދޫ.ކޮމްގެ ފޮޓޯއެއް

އެ މީހާ ވަނީ ރޭގެ އިވެންޓް ފެށުމަށް ތައްޔާރުވެފައި ވަނިކޮށް އިވެންޓް އޮންނަ ސަރަހައްދުގެ މެދަށް ޕިކަޕެއް ގައި އައިސް އެ ސަރަހައްދުގައި މަޑުކޮށްގެން އޮވެ އިވެންޓް ފެށުމަށް ހުރަސް އަޅާފައެވެ.

އެކަމާއި ގުޅިގެން އިވެންޓް ފެށުން ލަސްވި އެވެ. މައްސަލަ ހައްލު ކުރީ އިހަވަންދޫ ގައި ތިބި ފުލުހުން އައިސް ގެންނެވެ.

އިވެންޓް އޮތް ސަރަހައްދަށް ޕިކަޕެއް ވައްދާ އިވެންޓަށް ހުރަސް އެޅި ސަބަބެއް ސާފެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.