އިންޑިއާގެ ފިޔާ ކޯޓާ ލިސްޓުގައި ރާއްޖެއެއް ނެތް

މި ފަހަރު އަލުން ލިސްޓް އެކުލަވައިލި އިރު ހާއްސަ ކޯޓާގެ ލިސްޓުގައި ރާއްޖެ ނެތް އިރު އިންޑިއާ ސިފައިންގެ މައްސަލާގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައިވެ އެވެ.

އަވަށްޓެރި އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދޭން އަލަށް ނިންމި ގައުމުތަކުގެ ލިސްޓުގައި ރާއްޖެއެއް ނުހިމަނަ އެވެ.

އިންޑިއާގެ ވަރަށް ގިނަ ނޫސްތަކުގައި އިއްޔެ ބުނެފައިވާ ގޮތުގައި އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުމުގެ ހާއްސަ ކޯޓާ ދޭން އަލަށް ކަނޑައަޅާފައި ވަނީ ބަންގްލަދޭޝް އާއި ސްރީލަންކާ އާއި މޮރިޝަސް އާއި ބަހްރެއިނާއި ބޫޓާން އަދި ނޭޕާލަށެވެ. އެ ލިސްޓުގައި ރާއްޖޭގެ ނަމެއް ނެތެވެ. 

މި ލިސްޓް ހެދި އިރު ވެސް އިންޑިއާއިން އޮތީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އަންނަ މާޗު މަހުގެ ނިޔަލަށް ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ މަނާކޮށްފަ އެވެ. އެހެން އޮތް ނަމަވެސް ހާއްސަ ހުއްދައެއްގެ ދަށުން އަވަށްޓެރި ގައުމުތަކަށް ފިޔާ އެކްސްޕޯޓުރެވޭ ގޮތް ހަދާފައި އޮތެވެ. އޭގެ ތެރޭގައި ރާއްޖެވެސް އޮތެވެ.

މި ފަހަރު އަލުން ލިސްޓް އެކުލަވައިލި އިރު ހާއްސަ ކޯޓާގެ ލިސްޓުގައި ރާއްޖެ ނެތް އިރު އިންޑިއާ ސިފައިންގެ މައްސަލާގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައިވެ އެވެ.  

އިންޑިއާގެ ފިޔާ ކޯޓާ ލިސްޓްގައި ރާއްޖެ ހިމަނާފައި ނުވާއިރު ފިޔާ، ބިސް، އަލުވި ހިމެނޭ ގޮތަށް ކެއިންބުއިމުގެ ޒަރޫރީ ބާވަތްތައް ހުސް ނުވެ އަންނަ ރޯދަ މަހު ފޯރު ކޮށްދޭން އެސްޓީއޯއިން މަސައްކަތް ފަށާފައިވާ ކަމަށް މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެފައި ވެއެވެ. ރޯދަ މަސް ފަށާނީ އަންނަ މާޗް މަހު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.