ތިނަދޫ ސިޓީއަކީ ދުވަސް ނުފުރާ ވިހާފައި އޮތް ދަރިއެއް، ހަގީގީ މާނާގައި ސިޓީއަކަށް ހަދަނީ ރައީސް

"ރައީސުލްޖުމްހޫރިއްޔާގެ އެ ތަސައްވުރާ އެކުގައި ރައީސުލްޖުމްހޫރިއްޔާ އެ ބޭނުންފުޅުވި ގޮތަށް އެކަން ކުރައްވަން އުޅުއްވަނިކޮށް ނުބައި ކޮޅަކުން ޖަހާފައި މި ސިޓީ އުފަން ކުރުވީ. އެހެންވީމަ ކުޑަކޮށް އުނދަގޫ ވެގެން މި އުޅުނީ،"

ލޯކަލް އެންޑް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު

ތިނަދޫ ސިޓީއަކީ ދުވަސް ނުފުރާ ވިހާފައި އޮތް ދަރިއެއްގެ ގޮތުގައި ސިފަކޮށް ތިނަދޫއަކީ ހަގީގީ މާނާގައި ސިޓީ އަކަށް ހައްދަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ލޯކަލް އެންޑް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެއްޖެ އެވެ.

ތިނަދޫ ސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރައްވަން ރައީސް ސޯލިހް ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވުމަކީ ރައީސް މުއިއްޒު އެންމެ ފުރަތަމަ އިއުލާނު ކުރެއްވި ކަމެއް ކަމަށެވެ. އެކަން ކުރެއްވުމަށް ރައީސް އަމާޒަކާއި ވިސްނުންފުޅެއް / ތަސައްވުރެއް ގެންގުޅުއްވި ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް މިއަދު ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބު ނަސް އުނދަގޫތަކާއި ހުރަސްތައް ކުރިމަތިވީ "ނުބައި ކޮޅަކުން" އެކަން ކުރެއްވުމުން ކަަމަށް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އެ ތަސައްވުރާ އެކުގައި ރައީސުލްޖުމްހޫރިއްޔާ އެ ބޭނުންފުޅުވި ގޮތަށް އެކަން ކުރައްވަން އުޅުއްވަނިކޮށް ނުބައި ކޮޅަކުން ޖަހާފައި މި ސިޓީ އުފަން ކުރުވީ. އެހެންވީމަ ކުޑަކޮށް އުނދަގޫ ވެގެން މި އުޅުނީ،"

އާދަމް ޝަރީފް އެ ވިދާޅުވީ ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ރައީސް މުއިއްޒު، ކެމްޕެއިން ގައި އިއުލާނު ކުރައްވާފައި ވަނިކޮށް ކުއްލި ގޮތަަކަށް އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދީފައިވާކަން ރައީސް ސޯލިހް އިއުލާނު ކުރެއްވި ކުރެއްވުމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ހަމައިން ބަލާއިރު ތިނަދޫ ސިޓީއަކީ ދުވަސް ނުފުރާ ވިހާފައިވާ ދަރިއެކެވެ. އަދި ވިދާޅުވީ އެކަން އެހެން އޮތަސް މި ސަރުކާރުން ތިނަދޫ ބަދަލު ކޮށްލާނެ ކަމަށެވެ. އެ ރަށް ހަގީގީ މާނާގައި ސިޓީއަކަށް ހެދުމުގެ ހުރިހާ ކްރިޑިޓެއް ހައްގު ވަނީ ރައީސް މުއިއްޒަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަވައިގެން ލާމަރުކަޒީ ނިޒާމް ހަގީގީ މާނާގައި ތަންފީޒު ކުރައްވާނެ ދެވަނަ ވެރިއަކު މިހާތަނަށް ފެނިފައި ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކައުންސިލްތައް ބާރުވެރި ކުރުވުމަށް ވަރަށް ގިނަ ކަންކަން އެމަނިކުފާނު ކުރައްވާނެ ކަމަށެވެ. ކޮންމެ ރަށަކަށް ފަޅު ރަށެއް ލިބޭނެ ގޮތް މަގު ފަހިކޮށް ދިނުމަކީ އެކަމުގެ މިސާލެއް ކަމަށް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.