ޝާހިދަށް ނަޝީދު މަރުހަބާ ވިދާޅުވެއްޖެ

"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސްކަން ލިބިވަޑައިގަތުމާއި ގުޅިގެން އަބްދުﷲ ޝާހިދަށް މަރުހަބާ،"

ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ އާ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސް ކަން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ލިބިވަޑައިގަތުމުން އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޝާހިދަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް ކަމަށް ހުޅުވާލުމުން ކުރިމަތިލެއްވީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަނި ކަމަށާ އެހެން ކަމުން އިންތިހާބަކާއި ނުލާ އެ މަގާމަށް ޝާހިދު ހޮވިވަޑައިގެންފައިވާ ކަމަށް އެމްޑީޕީން މިއަދު ވަނީ އިއުލާނު ކޮށްފައެވެ.

"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސްކަން ލިބިވަޑައިގަތުމާއި ގުޅިގެން އަބްދުﷲ ޝާހިދަށް މަރުހަބާ،" ޝާހިދަށް މަރުހަބާ ވިދާޅުވެ އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަން ކުރެއްވި އަދި ރައީސް މައުމޫންގެ ވެރިކަމުގައި ވެސް އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝާހިދު ނޫން ބޭފުޅަކު އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތި ނުލާނެ ކަން ކުރީން ވެސް އޮތީ ޔަގީން ކުރެވިފައެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި ވަގުތީ ގޮތުން ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު އެ މަގާމަށް ހަމަޖެއްސެވީ ނޮވެންބަރު 24 ގައި އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ގައެވެ. އެމްޑީޕީގެ ރައީސްގެ މަގާމު އޭރު ހުސްވީ ކުރީން އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރައީސް ކަމުންނާއި މެންބަރު ކަމުން ވެސް އިސްތިއުފާ ދެއްވުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.