އިބްރާގެ ބުނުމެއް؛ އެމްޑީޕީ އުފައްދަން ސޮއިކުރުމުން ކުށްވެރިކޮށް ސިޓީ ފޮނުއްވި ބޭފުޅަކީ މިއަދު ޕާޓީގެ ރައީސް

ޝާހިދު، އެމްޑީޕީގެ ރައީސް ކަމަށް ވަޑައިގަތުން އިބްރާ ސިފަ ކުރެއްވީ ދުނިޔެ ވަށާ ބުރެއް ޖެހުން ގޮތުގައެވެ. އެ ސިފަ ކުރެއްވުން ގެންނެވީ އެމްޑީޕީ އުފެއްދުމަށް ކުރި މަސައްކަތަށް ކުރިމަތިވި ހުރަސްތަކަށް އިޝާރާތް ކުރައްވައެވެ.

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް އަދި އެމްޑީޕީގެ އާ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަޑައިގަތުމުން އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) މާނަފުން ޕޯސްޓެއް ކުރައްވައިފި އެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަން ކުރެއްވި އަދި ރައީސް މައުމޫންގެ ވެރިކަމުގައި ވެސް އިސް މަގާމުތަކެއް ފުރުއްވާފައިވާ މިނިސްޓަރު ޝާހިދު، އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރެއްވުމަށް ފޯމް ހުށައެޅުއްވީ އިއްޔެ އެވެ.

އެމްޑީޕީން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވީއިރު ކުރިމަތި ލެއްވީ ޝާހިދު އެކަނި ކަމަށެވެ. އެހެން ކަމުން އިންތިހާބަކާއި ނުލާ އެ މަގާމަށް ޝާހިދު ހޮވިވަޑައިގެންފައިވާ ކަމަށެވެ.

ޝާހިދު، އެމްޑީޕީގެ ރައީސް ކަމަށް ވަޑައިގަތުން އިބްރާ ސިފަ ކުރެއްވީ ދުނިޔެ ވަށާ ބުރެއް ޖެހުން ގޮތުގައެވެ. އެ ސިފަ ކުރެއްވުން ގެންނެވީ އެމްޑީޕީ އުފެއްދުމަށް ކުރި މަސައްކަތަށް ކުރިމަތިވި ހުރަސްތަކަށް އިޝާރާތް ކުރައްވައެވެ. 

"...2001 ވަނަ އަހަރު، އެމްޑީޕީ އުފައްދަން ހުށަހެޅި 42 މީހުންގެ ތެރޭގައި އަހުރެން ސޮއިކޮށްފައި އޮތީމާ އެކަން ކުށްވެރިކޮށް މަށާ ސުވާލުކުރަން ރައީސް އޮފީހުން ފޮނުވި ސިޓީގައި ސޮއިކުރައްވާފައި އޮތް އަބްދުﷲ ޝާހިދަކީ މިއަދު އެމްޑީޕީގެ ރައީސެވެ،" އިބްރާ ކުރެއްވި ޓްވީޓެއް ގައި ވިދާޅުވެފައި ވެ އެވެ.

ކުރީގެ މިނިސްޓަރު އަބްދުﷲ ޝާހިދަކީ ކުރީން ރައީސް މައުމޫންގެ ވަރަށް އަރިސް / އެމަނިކުފާނު ވަރަށް އިތުބާރު ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ސަރުކާރު ގައި އިސް މަގާމުތަކެއް ވެސް ފުރުއްވި އެވެ. ޝާހިދު ކުރީން ނިސްބަތްވެވަޑައިގެންނެވީ އެމްޑީޕީގެ އެންމެ ވާދަވެރި ޕާޓީ -- ޑީއާރުޕީ އަށެވެ. ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެވެ. 

ކޮމެންޓް

1
450
އިބޫ
2 months ago

މީ ދެން ކިހާ ދެރަކަމެއް. މިމީހުން ނޫނީ އެމްޑީޕީ ގައި ރައީސް ކަން ބަޔަކު ކޮށް ކަމަކު ނުދޭ. ޤާނޫނޫ ހެދޭބަޔަކު ނުވޭ. މުޅިދުނިޔެ އުމުރަށްވެސް އެމްޑީޕީގެ ރައީސްކަންކުރަން ޖެހެނީ ކެނެރީީގޭ ނަޝީދު އާއި އިބުރާ އެކަނިކަމަށްތަ ހީކުރަނީ. އިސްލާމީތާރީޚް ވެސް ނުދަންނަ މިހެއް ހެން ހީވަނީ. ކުރިން މުސްލިމުންނާއި ހަނގުރާމައަށް އެންމެ އިސްކޮށ ނުކުން މީހުން ފަހުން އިސްލާމް ދީނަށްޓަކައި ކުރި ޖިހާދޔތަކުގެ ވާހަކަ އަޑު އިވިފައި އިންހެނެއް ހިޔެއް ނުވޭ؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.