ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއު އިފްތިތާހު ކޮށްފި

އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި މިއީ 400 - 600 މިލިއަން ޑޮލަރުގެ މަޝްރޫއު އެކެވެ. މި މަޝްރޫއުގެ ދަށުން ތިނަދޫ ފަޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރާނެ އެވެ.

ގދ. ތިނަދޫ ސިޓީ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއު ގައި ސޮއި ކުރުން

ގދ. ތިނަދޫ ސިޓީ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއު އިފްތިތާހު ކޮށްފި އެވެ.

މިއީ ދިވެހި ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރަން ނުޖެހޭ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއު އެކެވެ. މުޅި ހުވަދޫ އަތޮޅުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫއު ކުރިއަށް ގެންދަނީ ޑިވެލޮޕާ ހުރިހާ ހަރަދެއް ކުރާ ގޮތަށެވެ. މަޝްރޫއުގެ ޑިވެލޮޕަރަކީ ތައިލެންޑްގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑުންނެވެ.

އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި މިއީ 400 - 600 މިލިއަން ޑޮލަރުގެ މަޝްރޫއު އެކެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހުށައަޅާފައިވާ މައިގަނޑު މަސައްކަތްތަކަކީ؛

  •  ތިނަދޫ ފަޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުން
  •  ގދ އަތޮޅުގައި ޓޫރިޒަމް ސިނާއަތް ތަަރައްގީ ކުރުން
  •  އެހެނިހެން އިގްތިސާދީ ކަންކަމަށް އިންވެސްޓް ކުރުން
  •  އިވެންސްޓްމަންޓްތައް ހިންގުމަށް މަގުފަހިވާ ވަސީލަތްތައް ގާއިމު ކުރުން
ގދ. ތިނަދޫ ސިޓީ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ގދ. ތިނަދޫ ސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާ ގައި މި މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު ގައި ސޮއިކުރެއްވީ އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި މަޝްރޫއުގެ ޕްރޮޕޯނަންޓްގެ ފަރާތުން ސޮއިކުރެއްވީ ޕޭން ޕެސިފިކް ކޮމްޕެނީ ސީއީއޯ ޖިރާޓް ޕެތްނުންތަވޮންގް އެވެ.

އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި އެއާޕޯޓް ތަރައްގީ ކުރަނީ ސީޕްލޭން ޓާމިނަލަކާ ވެސް އެކު ސީޕްލޭން ހަބެއް ގާއިމު ކުރެވޭނެ އެވެ. އަދި ވިދާޅުވީ އެންމެ ބޮޑެތި ބޯޓް ފަހަރަށް ޖެއްސޭނެ ރަންވޭއެއް ތިނަދޫ ފަޅުގައި ތަރައްގީ ކުރާނެ ކަމަށެވެ. އަދި ޕްރިމިއާ ފްލައިން ސުކޫލެއް ގާއިމު ކުރުމާއި ފްލައިޓްތަކަށް ސާވިސް ދިނުމަށް އެމްއާރްއޯ އަކާއި ކާގޯގެ ހިދުމަތް ލިބޭ ވަސީލަތްތައް ގާއިމު ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ފިއުލް ފާމެއް ވެސް ގާއިމު ކުރާނެ އެވެ.

"މީގެ އިތުރުން އެއާ އެންބިއުލާންސްގެ ހިދުމަތާއި ޑިކޮމްޕްރެޝަން ޗެމްބާ ފަދަ ވަސީލަތްތައް ވެސް މި ތަނުގައި ގާއިމުވެފައި ހުންނާނެ،" ވަޒީރު މުއްތަލިބު ވިދާޅުވި އެވެ.

މި މަޝްރޫއު ހިންގާ ކުންފުނިން އެކަނި ވެސް 12 ރިސޯޓް ހުވަދޫ ގައި ތަަރައްގީ ކުރަން ހުށައަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.