ޝާހިދަށް ފުރިހަމަ އިތުބާރާ ޔަގީންކަން އެބައޮތް: ސޯލިހް

އަންނަ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރައީސް ހޮވުމުގެ އިންތިހާބަށް ހުޅުވާލުމުން ކުރިމަތިލެއްވީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަންޏެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އެމްޑީޕީގެ ރައީސް ކަމުގެ މަގާމު ގައި ހުންނަވައިގެން ގައުމާއި ރައްޔިތުންނަށް އަގުހުރި މަސައްކަތްތަކެއް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ކޮށްދެވާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބަ އޮތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރައީސް ހޮވުމުގެ އިންތިހާބަށް ހުޅުވާލުމުން ކުރިމަތިލެއްވީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަންޏެވެ. އެހެން ކަމުން އިންތިހާބެއް ނެތި ޝާހިދު، އެމްޑީޕީގެ ރައީސް ކަމަށް ހޮވިފައިވާ ކަން އެ ޕާޓީން މިއަދު ވަނީ އިއުލާނު ކޮށްފައެވެ.

ޝާހިދަށް އެމްޑީޕީގެ ރައީސްކަން ކަށަވަރު ވުމާ އެކު ރައީސް ސޯލިހް ވަނީ ޝާހިދަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމުގެ މަގާމު ގައި ހުންނަވައިގެން ގައުމާއި ރައްޔިތުންނަށް އަގުހުރި މަސައްކަތްތަކެއް ޝާހިދު، ކޮށްދެވާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބަ އޮތް ކަމަށެވެ.

ނޮވެންބަރު 24، 2023 އިން ފެށިގެން އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި ވަގުތީ ގޮތުން ހުންނެވީ ރައީސް ސޯލިހެވެ. އެމަނިކުފާނު އެ މަގާމަށް ހަމަޖެއްސެވީ ނޮވެންބަރު 24 ގައި އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ގައެވެ. އެމްޑީޕީގެ ރައީސްގެ މަގާމު އޭރު ހުސްވީ ކުރީން އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރައީސް ކަމުންނާއި މެންބަރު ކަމުން ވެސް އިސްތިއުފާ ދެއްވުމުންނެވެ.

އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު ނޫން ބޭފުޅަކު ކުރިމަތިލާނެ ނުލާނެ ކަން ކުރީން ވެސް އޮތީ ޔަގީން ކުރެވިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.