ކުރީ ދެވަޒީރަކާ މަޖިލީހުގެ 11 މެންބަރުން ހިމެނޭ 120 މިލިއަނުގެ ހިޔާނާތް ބަލަނީ

މި މައްސަލައާ ގުޅިގެން އޭސީސީއަށް ގުޅި ނަމަވެސް ޖަވާބެއް ނުދެ އެވެ. އެކަމަކު އެ ކޮމިޝަން މި މައްސަލަތަކާ ގުޅިގެން ސުވާލު ކުރަން ފަށާފައިވާ ކަމަށް އެނގިފައި ވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އޭސީސީގެ ރައީސް އާދަމް ޝާމިލް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ގައި ހިންގި 120 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ހިޔާނާތުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައި ކަމަށް "މި" ނޫހަށް މައުލޫމާތު ލިބިއްޖެ އެވެ. 

މި މައްސަލަތަކާ ގުޅޭ ބައެއް މައުލޫމާތު "މި" ނޫހަށް ލިބިފައިވާއިރު މި މައްސަލަތައް ބަލަމުން ގެންދާ ކަން ސަރުކާރުގެ އޮފިޝަލަކު ވެސް މިއަދު ވިދާޅުވި އެވެ. މި މައްސަލައާ ގުޅިގެން އޭސީސީއަށް ގުޅި ނަމަވެސް ޖަވާބެއް ނުދެ އެވެ. އެކަމަކު އެ ކޮމިޝަން މި މައްސަލަތަކާ ގުޅިގެން ސުވާލު ކުރަން ފަށާފައިވާ ކަމަށް އެނގިފައި ވެއެވެ.

މި 120 މިލިއަނަށް ވުރެ ގިނަ ފައިސާގެ ހިޔާނާތް ނިސްބަތް ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ކުރީގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލު ދީނަށާއި ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރަކަށެވެ.  

  •  ދާންދޫ ދާއިރާ މެންބަރު ޔައުގޫބު އަބްދުﷲ
  •  ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
  •  މާފަންނު ހުޅަނގު ދާއިރާ މެންބަރު މުހައްމަދު ފަލާހު
  •  މާފަންނު މެދު ދާއިރާ މެންބަރު އިބްރާހިމް ރަޝީދު
  •  އިސްދޫ ދާއިރާ މެންބަރު އަލީ ހަމީދު
  •  ބާރަށު ދާއިރާ އަހުމަދު އަބުދުالله
  •  މުހައްމަދު ނަސީމް ތުލުސްދޫ ދާއިރާގެ މެންބަރު
  •  ތިމަރަފުށީ ދާއިރާ މެންބަރު އަބްދުالله ރިޔާޒް
  •  ގެމަނަފުށީ ދާއިރާ މެންބަރު އަހުމަދު ސައީދު
  •  ހުޅުދޫ ދާއިރާ މެންބަރު އިލްުޔާސް ލަބީބު
  •  ކެލާ ދާއިރާ މެންބަރު އިބްރާހިމް ޝަރީފް
  •  ކުރީގެ އޮކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް
  •  ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން
ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން (ކ) ކުރީގެ މިނިސްޓަރު ފައްޔާޒް އިސްމާއީލް (ވ)

ބަލަމުން ގެންދާ މައްސަލަތަކުގެ ތެރޭގައި ފައްޔާޒު އިސްމާއީލްގެ ކުންފުނިތަކަކަށް އާރްޑީސީން ފައިސާ ޖަމާ ކުރި ކަމަށް ބުނާ މައްސަލަ އެއް ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ފައްޔާޒުގެ އަމިއްލަ އެކައުންޓަށް އާރްޑީސީން ފައިސާ ޖަމާ ކުރުމާއި ސަދާން ސީ ޕްރައިވެޓް ލިމިޓެޑަށް ސެޕްޓެންބަރު 2022 ގައި ޖަމާ ކުރި ކަމަށް ބުނާ ފައިސާއިން ފައްޔާޒުގެ އެކައުންޓަށް ޖަމާކޮށްފައި ވެއެވެ. އަދި 2022 އަހަރު އާރްޑީސީން ފައްޔާޒުގެ އެކައުންޓަށް ޖަމާ ކުރި ކަމަށް ބުނާ ފައިސާއިން ކްރިޑިޓް ކާޑަށް ފައިސާ ދައްކާފައި އެވެ. 

ފައްޔާޒާ ގުޅޭ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު ސާފެއް ޑޮކިއުމެންޓްތަކުން ސާފެއް ނުވެ އެވެ.

ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުދީނާ ގުޅިފައި އޮންނަ މައްސަލަ އަކީ އޭނާ ދަރިކަލަކު ހިއްސާ އޮންނަ އަލްކަޒާ ޕްރައިވެޓް ލިމިޓަށް އާރްޑީސީން ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ. އަކްރަމް ކަމާލުއްދީންގެ ދަރިކަލުން ހިއްސާ އޮންނަ އަލްކަޒާރު ކުންފުނި އުފެއްދީ 2018 ވަނައަހަރު، ހިއްސާދާރުންގެ ގޮތުގައި ތިއްބެވީ އަހުމަދު ހިޝާމް އާއި ދަރިކަލުން ޖައުފަރު އަކްރަމް ކަމާލުއްދީނެވެ.

ހިޔާނާތުގެ ތުހުމަތު ކުރެވި 11 މެންބަރުންގެ މައްސަލަ ދަނީ ބަލަމުން

މެންބަރު ޔައުގޫބުގެ މަސްލަހަތަށް

ދާންދޫން ދާއިރާގެ މެންބަރު ޔައުގޫބު އަލީގެ ދައްތަ ޝަފުގާގެ ހިއްސާ ސްޓެޓިކް ކުންފުންޏަށް އެމްޑަބްލިޔުއެސްސީ އާއި ސްޓެލްކޯ އާއި އާރްޑީސިން ގިނަ އަދަދެއްގެ ފައިސަ ޖަމާ ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. ޝަފްގާގެ މި ކުންފުނިގެ ހިއްސާ ގަނެފައި ވަނީ ޖުލައި 13 ޖުލައި 2021 ގައެވެ. 

  •  ސްޓެލްކޯ އިން 5 މިލިއަނަށްވުރެ ގިނަ ރުފިޔާ
  •  އެމްޑަބްލިޔުއެސްސީން 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ

މީގެ އިތުރުން ހޯރަފުށީ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްގެ ހިއްސާ އޮންނަ ރާއްޖެ ޓީވީއަށް އެއް މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ސްޓެލްކޯއިން ޖަމާކުރި ކަމަށް ބުނާ މައްސަލަ އެއް ވެސް ދަނީ ބަލަމުންނެވެ.

މެމްބަރު މުހައްމަދު ފަލާހުގެ މަސްލަހަތު

މެންބަރު މެމްބަރު މުހައްމަދު ފަލާހުގެ ދަރިކަލުން އަލީ ހުމާމްގެ ރުބިކްސް ކުންފުންޏަށް އެމްޑަބްލިޔުއެސްސީން 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާ ކޮށްފައިވާ ކަމަށް ވެސް ބުނެ އެވެ. 

އަވި ޓެކްނޮލޮޖީއަށް ތިން މިލިއަން، ނޯތު ކޯސްޓަށް ހަތަރު މިލިއަން

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގެ ދައްތަ، އައިޝަތު ނާޒްނީންގެ ހިއްސަ އޮންނަ އަވި ޓެކްނޮލޮޖީއަށް އާރްޑީސީން ތިން މިލިއަން ރުފިޔާ ޖަމާ ކޮށްފައިވާކަށް ބުނާ މައްސަލަ ވެސް ދަނީ ބަލަމުންނެވެ. މީގެ އިތުރުން އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދުގެ މަސްލަހަތު އޮންނަ ނޯތު ކޯސްޓް ކުންފުންޏަށް އާރްޑީސީން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި ކަމަށް ބުނާ ބުނުމެވެ.

ނޯތު ކޯސްޓްގެ ހިއްސާދާރުންނަކީ އަލީ ހަމީދާއި އަލީ އިލްޔާސެވެ. 

ހިޔާނާތުގެ ތުހުމަތު ކުރެވި 11 މެންބަރުންގެ މައްސަލަ ދަނީ ބަލަމުން

ޓޫއޭ ކުންފުންޏަށް ފެނަކައިން 22 މިލިއަނަށްވުރެ ގިނަ ރުފިޔާ

ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބުދުﷲ ގެ ހިއްސާ އޮންނަ ޓޫއޭ ޕްރައިވެޓް ލިމިޓެޑަށް ފެނަކައިން 22 މިލިއަނަށްވުރެ ގިނަ ރުފިޔާ އެމްޑަބްލިޔުއެސްސީން 11 މިލިއަނަށްވުރެ ގިނަ ރުފިޔާ، އެމްޓީސީސީން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް ބުނެ އެވެ. މީގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ އަލްޓެކް ކުންފުންޏަށް އެމްޑަބްލިޔުއެސްސީން ހަތަރު މިލިއަންނަށް ވުރެ ގިނަ ރުފިޔާ، ސްޓެލްކޯއިން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި ފެނަކައިން ވެސް ތިން މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަަމަށް ބުނާ މައްސަލައެކެވެ. 

ޑްބްލެކްސް ޕްރައިވެޓް ލިމިޓަށް ދިން ފައިސާ

ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު ޑްބްލެކްސް ޕްރައިވެޓް ލިމިޓަށް ސްޓެލްކޯއިން ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ފެނަކައިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ޖަމާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ބަލަ އެވެ. 

އެ ކުންފުނީގެ ހިއްސާ އޮންނަނީ އަހުމަދު އަސްލަމް އާއި އަހުމަދު ސައީދު އާއި އަހުމަދު ޝަމްހީދު އަދި މުހައްދު ފިޔާޒު އާއި މުހައްމަދު ހަމްދާން ބާގިރެވެ. އެ ކުންފުނީގެ ހެޑް އޮފީސް ހުޅުވާފައި ވަނީ 2023 ގައެވެ. އެ ކުންފުނިން ވިޔަފާރި ހުއްދަތައް ނަގާފައި ވަނީ 2023 ގައެވެ. 

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ މަސްލަހަތު އޮންނަ މެގަޗިޕަށް ސްޓެލްކޯއިން 12 މިލިއަން ރުފިޔާ ޖަމާކުރި ކަމަށް ބުނާ އިރު، އެމްޑަބްލިޔުއެސްސީން ތިން މިލިއަނަށްވުރެ ގިނަ ރުފިޔަ ޖަމާ ކުރި ކަމަށް ބުނެ އެވެ. 

ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްގެ ދައްތާ، ޒާހިރާ އާދަމްގެ ހިއްސާ އޮންނަ ފައިން ޓިއުންސް އަށް ފެނަކައިން ނުވަލައްކައަށްވުރެ ގިނަ ރުފިޔާ  ޖަމާކުރި ކަމަށް ބުނެ އެވެ. ދެން ހިމެނެނީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ ގޭޖް ފަޔާ އަށް ސްޓެލްކޯއިން ހަތް ލައްކަށް ވުރެ ގިނަ ރުފިޔާ އަދި އެމްޑަބްލިޔުއެސްސީން ހަތަރު ލައްކައަށް ވުރެ ރުފިޔާ ޖަމާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ. 

ކޮމެންޓް

1
450
އަހްމަދު
2 months ago

ހުސް ދޮގު ޚަބަރެއް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.