އެމްއެމްއޭއިން އަތޮޅުތަކުގެ ސްކޫލްތަކަށް ލެކްޗާ ސީރީސް އެއް

ސިލްސިލާކޮށް ފެށި މި ލެކްޗާ ސީރީސްގައި އެންމެ ފުރަތަމަ މައުލޫމާތު ދީފައިވަނީ ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށެވެ،

އެމްއެމްއޭއިން ފުވައްމުލަކުގައި ބޭއްވި ލެކްޗާ ސީރީސްގައި ގަވަރުނަރު ބައިވެރިވަޑައިގަންނަވަނީ -- އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަތޮޅުތެރޭގެ ސުކޫލުތަކަށް އަމާޒުކޮށް ލެކްޗާ ސީރީސް އެއް ފަށައިފިއެވެ.

އެމްއެމްއޭއިން ބުނީ މި ލެކްޗާ ސީރީސްގެ ދަށުން އެ އޮތޯރިޓީގެ ފަރާތުން އެންމެ ފުރަތަމަ މައުލޫމާތު ދީފައިވަނީ  ޏ. ފުވައްމުލ ސްކޫލް ކުދިންނަށެވެ. މި މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމުގައި ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގެ ސާނަވީ ގްރޭޑްތަކުގެ ބައެއް ދަރިވަރުން ބައިވެރިވެފައިވެ އެވެ.

އެމްއެމްއޭ ލެކްޗާ ސީރީސްގެ ފުރަތަމަ ސެޝަންގައި ގަވަރުނަރު އަލީ ހާޝިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ގަވަރުނަރު ވަނީ އެ މަނިކުފާނުގެ ތަޖުރިބާ ދަރިވަރުންނާ ހިއްސާކޮށް ދަރިވަރުންގެ ފަރާތުން ގަވަރުނަރަށް ހުށަހެޅުނު އެކި ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

އެމްއެމްއޭއިން ފުވައްމުލަކުގައި ބޭއްވި ލެކްޗާ ސީރީސްގައި ބައިވެރިވި ދަރިވަރުން

މި ލެކްޗާ ސީރީސް ގައި ދަރިވަރުންނަށް މައުލޫމާތުދިން ބައިތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން މާލީ ހޭލުންތެރިކަމާއި ފަހަށް ރައްކާކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުންވެސް މައުލޫމާތު ވަނީ ދީފައެވެ.

އެމްއެމްއޭ އިން ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމުތައް އަބަދު ވެސް ކުރިއަށް ގެންދެއެވެ. މާލޭގައި ބޭއްވޭ މި ފަދަ ޕްރޮގްރާމުތަކުގައި ރަށްރަށުގެ ސްކޫލްތަކުން ބައިވެރިވުމުގައި ހުރި ދަތިކަން ފާހަގަކުރެވިފައިވުމާއެކު އެ ސްކޫލްތަކަށް އޮތޯރިޓީގެ ފަރާތުން ގޮސްގެން ސެޝަންތައް ކުރި އަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އެކި ދުވަސް މަތިން ސެޝަންތައް ކުރިއަށް ގެންދާނެކަމަށް އެމްއެމްއޭ އިން މައުލޫމާތު ދީފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.