ކުރިމަތި ލެއްވީ ޝާހިދު އެކަނި، ވޯޓެއް ނެތި އެމްޑީޕީގެ ރަައީސް ކަމަަށް

އެމްޑީޕީން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވީއިރު ކުރިމަތި ލެއްވާ ޝާހިދު އެކަނި ކަމަށެވެ. އެހެން ކަމުން އިންތިހާބަކާއި ނުލާ އެ މަގާމަށް ޝާހިދު ހޮވިވަޑައިގެންފައިވާ ކަމަށެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: އެމްޑީޕީގެ ރައީސް ކަމަށް ވަޑައިގަންނަވާނީ ޝާހިދު

އެމްޑީޕީގެ ރައީސް ކަމަށް ހުޅުވާލުމުން ކުރިމަތިލެއްވީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަނި ކަމަށާ އެހެން ކަމުން އިންތިހާބަކާއި ނުލާ އެ މަގާމަށް ޝާހިދު ހޮވިވަޑައިގެންފައިވާ ކަމަށް އެމްޑީޕީން ދެންމެ އިއުލާނު ކޮށްފި އެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަން ކުރެއްވި އަދި ރައީސް މައުމޫންގެ ވެރިކަމުގައި ވެސް އިސް މަގާމުތަކެއް ފުރުއްވާފައިވާ މިނިސްޓަރު ޝާހިދު، އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރެއްވުމަށް ފޯމް ހުށައެޅުއްވީ އިއްޔެ އެވެ.

އެމްޑީޕީން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވީއިރު ކުރިމަތި ލެއްވާ ޝާހިދު އެކަނި ކަމަށެވެ. އެހެން ކަމުން އިންތިހާބަކާއި ނުލާ އެ މަގާމަށް ޝާހިދު ހޮވިވަޑައިގެންފައިވާ ކަމަށެވެ. 

އެމްޑީޕީގެ ރައީސްގެ މަގާމުގައި ވަގުތީ ގޮތުން ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު އެ މަގާމަށް ހަމަޖެއްސެވީ ނޮވެންބަރު 24 ގައި އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ގައެވެ. އެމްޑީޕީގެ ރައީސްގެ މަގާމު އޭރު ހުސްވީ ކުރީން އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރައީސް ކަމުންނާއި މެންބަރު ކަމުން ވެސް އިސްތިއުފާ ދެއްވުމުންނެވެ.

އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު ނޫން ބޭފުޅަކު ކުރިމަތިލާނެ ނުލާނެ ކަން ކުރީން ވެސް އޮތީ ޔަގީން ކުރެވިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.