ވެރިފަރާތުގެ ސިޓީއެއް ހުށައެޅުމުން އައިޑީކާޑު ދޫކުރަނީ

މި ގޮތަށް ދޫކުރާ ކާޑާއި ހަވާލުވުމަށް ފަހު ވެރިފަރާތަށް ކާޑު ނުލިބިގެން އެ ޑިޕާޓްމަންޓަށް އެއްވެސް ޝަކުވާއެއް ހުށައަޅައިފިނަމަ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ހުށައަޅާނެ އެވެ.

އައިޑީކާޑުތަކެއް: ވެރިފަރާތުގެ ސިޓީއެއް ހުށައެޅުމުން އައިޑީކާޑު ދޫކުރާނެ -- މި

ވެރިފަރާތުގެ ސިޓީއެއް ހުށައެޅުމުން ސިޓީގައި ބަޔާންކޮށްފައިވާ މީހާއަށް ކާޑު ދޫކުރުމަށް ނިންމައިފި އެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ނެރުނު ސާކިއުލާ އެއް ގައި ބުނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެ ނިންމުމަށް އަމަލު ކުރަން ފަށާނެ ކަމަށެވެ. ވެރިފަރާތުގެ ސިޓީއެއް ހުށައެޅުމުން ސިޓީގައި ބަޔާންކޮށްފައިވާ މީހާއަށް ކާޑު ދޫކުރުމަށް ނިންމީ ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަކޮށް އައިޑީ ކާޑު ނެގޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމަށް ވެސް ބުންޏެވެ.

ކުރީން އޮންނަ ގޮތުން ޑީއެންއާރުން ކާޑު ދޫކުރަނީ ސީދާ އެ މީހަކު އެ ކާޑު ބަލާ ދިއުމުންނެވެ. އެކަމުގެ ސަބަބުން ހާޒިރުވެ ކާޑާއި ހަވާލުވެގެން ނެތް މީހުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ އެވެ.

ޑީއެންއާރުން ބުނީ މި ގޮތަށް ދޫކުރާ ކާޑާއި ހަވާލުވުމަށް ފަހު ވެރިފަރާތަށް ކާޑު ނުލިބިގެން އެ ޑިޕާޓްމަންޓަށް އެއްވެސް ޝަކުވާއެއް ހުށައަޅައިފިނަމަ އެ މައްސަލަ ތަހުގީގު ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށައަޅާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.