އެ ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައި ވަނީ އެސްޖީ ހަސަންގެ ނަން ފާސްކޮށްދިނުމަށެވެ. އެ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް މިއަދު ވަނީ ފޮނުވާފަ އެވެ.
އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިވައިފި އެވެ.
އީސީއަށް މެމްބަރަކު އައްޔަނު ކުރަނީ، އެ ކޮމިޝަންގެ ނައިބް ރައީސް، އިސްމާއިލް ހަބީބްގެ ދައުރު އަންނަ މަހުގެ 13 ވަނަ ދުވަހު ހަމަވާތީ އެވެ. ހަބީބްގެ ދައުރު ހަމަވާތީ ރައީސް އޮފީހުން ވަނީ އީސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލާފަ އެވެ.
އެ ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައި ވަނީ އެސްޖީ ހަސަންގެ ނަން ފާސްކޮށްދިނުމަށެވެ. އެ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް މިއަދު ވަނީ ފޮނުވާފަ އެވެ.
އީސީގެ އެސްޖީގެ މަގާމަށް ހަސަން އައްޔަނުކޮށްފައި ވަނީ ޖޫން 10، 2021 ގަ އެވެ.
ހަބީބްގެ ދައުރު ހަމަވާއިރު، ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީސް އިންތިހާބެވެ. އެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. އީސީ އިން މިހާރު ދަނީ އިންތިހާބަށް ތައްޔާރުވަމުންނެވެ.