ގައުމު ދެކޭނެ އެންމެ ފާގަތި ޒައާމަތަށް ވެގެންދާނީ ރައީސް މުއިއްޒުގެ މި ފަސް އަހަރު: އަބްދުއްރަހީމް

"އިރާދަކުރެއްވިއްޔާ ދިވެހި ގައުމު ދެކޭނެ އެންމެ ފާގަތި ފަސް އަހަރަށް ވެގެން ދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގެ ފަސް އަހަރު،"

ފުވައްމުލަކު ސިޓީގައި މިރޭ އޮތް ޖަލްސާ ގައި އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ

ދިވެހި ގައުމު ދެކޭނެ އެންމެ ފާގަތި ފަސް އަހަރަށް ވެގެން ދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގެ ފަސް އަހަރު ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު / ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި މިވަގުތު އެންމެ ވިދުން ގަދަ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުއްރަހީމް މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީގައި މިރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ ދިވެހި ގައުމު ދެކޭނެ އެންމެ ފާގަތި ފަސް އަހަރަށް ވެގެން ދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގެ ފަސް އަހަރު ކަމަށް ވިދާޅުވަނީ އެކަމުގައި ވަރަށް ގިނަ ސަބަބުތައް ހުރުމުން ކަމަށެވެ. ރައީސް މުއިއްޒާ އެކު ވަރަށް ގާތުން މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާ ކަން ފާހަގަ ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސްގެ ކިބައިން ފެނިވަޑައިގަންވަނީ ކަންކަން ކުރެއްވުމުގެ ތެދުވެރި އިހްލާސްތެރި ނިޔަތް ކަމަށެވެ. 

އަދި އެމަނިކުފާނުގެ ހުރިހާ ވަގުތެއް ހޭދަ ކުރައްވަނީ ރައްޔިތުންގެ ހިދުމަތުގައި، ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާ ގައުމު އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ގެންދެވުމަށް ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ދިވެހި ގައުމު ދެކޭނެ އެންމެ ފާގަތި ފަސް އަހަރަށް ވެގެން ދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގެ ފަސް އަހަރު،"

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށް އެކުވަލާލައްވާފައި ވަނީ ވަރަށް ގާބިލް، މުރާލި ކެބިނެޓެއް ކަމަށެވެ. އެ ބޭފުޅުން ވެސް ތިއްބެވީ ރައީސްގެ ތަސައްވުރު ހަގީގަތަކަށް ހައްދަވާ ރައްޔިތުން އެދޭ ތަރައްގީ ގެނެސް ދެއްވުމުގައި ސައުވީސް ގަޑިއިރުގެ މަސައްކަތުގައި ކަން ފާހަގަ ކުރައްވާ އަބްދުއްރަހީމް ވަނީ އެ މަަސައްކަތް އިތުރު ގިޔަރަކަށް ގެންދިއުމަށް ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

"ކެމްޕެއިން ގައި ވެސް އެމަނިކުފާނު ވިދާޅުވި ވަޒީރުންގެ މަޖިލީހަށް ގެންނާނީ ފަތިހު ތިނެއް ޖަހާއިރު ފޯނު ކުރެއްވީމާ ވެސް ފޯނަށް ޖަވާބު ދެއްވޭ ވަރުގެ ގާބިލް ވަޒީރުންނޭ. މި ތިއްބެވީ އެ ވަޒީރުން. އެ ވަޒީރުން އެ ތިއްބެވީ ތިޔަ ބޭފުޅުންނަށް ހިދުމަތް ކުރެއްވުމުގައި ރޭގަނޑާއި ދުވާލު ތިޔަބޭފުޅުންނަށް ހަދިޔާ ކުރަން ތައްޔާރަށް. ތިޔަ ބޭފުޅުން ކޮށް ދެއްވަންވީ އެންމެ ކަމެއް. އެކަމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޮޑުތަނުން ރައީސް މުއިއްޒަށް ކާމިޔާބު ކޮށް ދިނުން،"

ރިޔާސީ އިންތިހާބު ގައި ރައީސް މުއިއްޒު ދައްކަވާފައިވާ ހުރިހާ ވާހަކަފުޅަކާއި ވެވަޑައިގެންފައިވާ ހުރިހާ ވައުދުފުޅުތަކެއް އެއް ފޮތަަކަށް ޖަމާކުރައްވާ ކައުންސިލްތަކަށް ހަދިޔާ ކުރައްވަމުން ގެންދަވާ ކަން ފާހަގަ ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ހަމަ އެކަނި މިސާލުން ވެސް ކަންކަން ކޮށްދެއްވުމުގެ ޝައުގުވެރިކަން އެމަނިކުފާނުގެ ކިބާގައި ހުރި މިންވަރު ސާފުކޮށް ބުނެދޭ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.