ފުވައްމުލަކު ސިޓީގެ 50 މަގެއް ހެދުމުގެ މަސައްކަތް ފަށައިފި

ފުވައްމުލަކު ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 50 މަގެއް ޒަމާނީ ފެންވަރަށް ހަދާ ތާރު އަޅާނެ އެވެ. އެއީ 12.7 ކިލޯ މީޓަރުގެ ސަރަހައްދެކެވެ.

ފުވައްމުލަކު ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން އިތުރު 50 މަގެއް ހަދާނެ

ފުވައްމުލަކު ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އެ މަސައްކަތް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ފުވައްމުލަކު ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 50 މަގެއް ޒަމާނީ ފެންވަރަށް ހަދާ ތާރު އަޅާނެ އެވެ.

އެއީ 12.7 ކިލޯ މީޓަރުގެ ސަރަހައްދެކެވެ.

ފުވައްމުލަކު ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން އިތުރު 50 މަގެއް ހަދާނެ

އެ މަަސައްކަތް ކުރާނީ އެމްޓީސީސީ އިންނެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 255.2 މިލިއަން ރުފިޔާ އަށެވެ.

މަސައްކަތް ފަށާތާ ދެ އަހަރުގެ ތެރޭގައި 50 މަގުގެ މަސައްކަތް މުޅީން ނިންމަން ޖެހެ އެވެ. 

ފުވައްމުލަކު ސިޓީގެ މަގު ހެދުމުގެ މަސައްކަތް ފެށީ 2020 ވަނަ އަހަރު އެވެ. އެ މަސައްކަތުގެ ދަށުން ފުވައްމުލަކު ސިޓީގެ ގިނަ މަގުތަކުގައި ވަނީ ތާރު އަޅާ ޒަމާނީ ފެންވަރަށް ހަދާފައެވެ. ޖުމްލަ 31 މަގެއް ގައި ތާރު އަޅާ ވަނީ ނިންމާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.