ޖޭއެސްސީއަށް ލަފާ ދިނުމަށް ފަނޑިޔާރުންގެ ބޯޑެއް އެކުލަވާލަނީ

މިއީ ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެވެ. ޖޭއެސްސީ އިން ބުނީ "ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދޭ ފަނޑިޔާރުންގެ ބޯޑު" އުފެއްދުމަށް މި އަދު ބޭއްވުނު ކޮމިޝަނުގެ ޖަލްސާ ގައި ނިންމާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރަައީސް ހިސާން ހުސައިން --

ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދިނުމަށް ފަނޑިޔާރުންގެ ބޯޑެއް އުފެއްދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. 

ޖޭއެސްސީ އިން ބުނީ މި ބޯޑް އުފައްދަނީ ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ސިޔާސަތު އެކަށައަޅާއިރު ފަނޑިޔާރުންގެ ބައިވެރިވުން އިތުރުކުރުމަށާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި އެކުލަވާލާ ސިޔާސަތުތަކަކީ ހާމަކަން ބޮޑު އަދި ފަނޑިޔާރުންނާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ ސިޔާސަތުތަކެއް ކަމަށް ހެދުމަށްޓަކައި ރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމުގެ ކަންކަމުގައި ފަނޑިޔާރުންގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލަފާދިނުމަށްޓަކައި ކަމަށެވެ.

މިއީ ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެވެ. ޖޭއެސްސީ އިން ބުނީ "ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދޭ ފަނޑިޔާރުންގެ ބޯޑު" އުފެއްދުމަށް މި އަދު ބޭއްވުނު ކޮމިޝަނުގެ ޖަލްސާ ގައި ނިންމާފައިވާ ކަމަށެވެ.

ބޯޑް ގައި ދެން ހިމެނެނީ؛

  •  އުއްތަމަފަނޑިޔާރު
  •  ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް
  •  ހައިކޯޓުގެ އިސްފަނޑިޔާރު
  •  ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަންގައި ތަމްސީލު ކުރައްވާ ފަނޑިޔާރު
  •  ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން ގައި ތަމްސީލު ކުރައްވާ ފަނޑިޔާރު
  •  ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން ގައި ތަމްސީލު ކުރައްވާ ފަނޑިޔާރު
  •  ސުޕީރިއާ ކޯޓުތަކުގެ އިސްޤާޒީންގެ ތެރެއިން އުއްތަމަފަނޑިޔާރު އައްޔަންކުރައްވާ ފަނޑިޔާރަކު
  •  މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަފަނޑިޔާރު އައްޔަންކުރައްވާ ފަނޑިޔާރަކު
  •  ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.