ހިސާބުން ހެޔޮ ފާހަގައެއް | ދިމަދިމާއިން ހަރަދު ކުޑަކުރި މަންޒަރު

މި އަހަރުގެ ބަޖެޓުން ސަރުކާރު ހިންގުމުގެ ހަރަދު ބޮޑުތަނުން ކުޑަ ކުރަމުންދާ ކަމަށް ދައްކަ އެވެ. އެންމެ ބޮޑަށް ކުޑަ ކޮށްފައި ވަނީ ރިކަރަންޓް ހޭދަތަކެވެ.

މި އަހަރުގެ ބަޖެޓް : އާމްދަނީ މަތިވެފައިވާ ކަމަށް ދައްކާ -- މަޖިލިސް

ދިވެހި ދައުލަތަށް ކުރިމަތިވެފައިވާ މައްސަލައަކީ އާމްދަނީ ނުލިބުމެއް ނޫނެވެ. ލިބޭ އާމްދަނީއަށްވުރެ ހަރަދު ބޮޑު ވުމެވެ. ފިނޭންސުން ނެރޭ "ވީކްލީ ފިސްކަލް" ނުވަތަ ހަފުތާގެ މާލީ ހިސާބުން އަބަދުމެ ފެންނަނީ ވެސް އެ މަންޒަރެވެ. އެކަމަކު އާ ބެޖެޓާއެކު ހަރަދުގެ ބައި ބޮޑުތަނުން ދައްވަމުންދާތަން އެބަ ފެނެ އެވެ. 

ހަފުތާ ހިސާބުން ފެންނަނީ ހަރަދު ކުރުން މަދުކޮށްފައި ވާތަނެވެ. ހަރަދު ކުރުން މަދުވެފައިވާ ކޮން ދާއިރާތަކެއް އެބަހުއްޓެވެ. މި ފެންނަނީ ބަދަލެކެވެ.

ފިނޭންސުގެ ވީކްލީ ފިސްކަލް ރިޕޯޓު ދައްކާ ގޮތުގައި މި އަހަރު ހަރަދު ކުރަން ދީފައިވާ 49,8 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް ހަރަދު ކޮށްފައި ވަނީ 3,9 ބިލިއަން ރުފިޔާ އެވެ. އެކަމަކު މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދު ހުރީ 5,8 ބިލިއަން ރުފިޔާގަ އެވެ. 

ސަރުކާރުގެ ހަރަދުތައް: 2023-2024

  •  ރިކަރަންޓް ހަރަދު - މިއަހަރު 2.6 ބިލިއަން | މިދިޔަ އަހަރު 3.4 ބިލިއަން
  •  މުސާރަ، އިނާޔަތް ، ޕެންޝަން - މި އަހަރު އެއް ބިލިއަން | މިދިޔަ އަހަރު 956.7 މިލިއަން
  •  އެޑްމިން ހަރަދުތައް - މި އަހަރު 1.6 ބިލިއަން | މިދިޔަ އަހަރު 2.3 ބިލިއަން
  •  ލޮސް އެންޑް ރައިޓް އޮފް - މިދިޔަ އަހަރު 95.6 މިލިއަން | މި އަހަރު 55.1 މިލިއަން
  •  ކެޕިޓަލް ހަރަދު - މިދިޔަ އަހަރު 1,9 ބިލިއަން | މި އަހަރު 762.7 ބިލިއަން
  •  އިންފްރާސްޓްރަކްޗާ އެސެޓް - މިދިޔަ އަހަރު 1,2 ބިލިއަން | މި އަހަރު 193.5 މިލިއަން
ރިކަރަންޓް ހަރަދު ދަށްވީ ކީއްވެ؟ - މި އަހަރުގެ މިހާތަނަށް ބަލާއިރު ސަރުކާރުން ރިކަރަންޓް ނުވަތަ ސަރުކާރު ހިންގުމަށް ކުރާ ހޭދަ ވަނީ ބޮޑުތަނުން ދަށްކޮށްފަ އެވެ.

މިގޮތުން މިދިޔަ އަހަރު ރިކަރަންޓު ހަރަދު 3.4 ބިލިއަން ރުފިޔާގަ ހުރި ނަމަވެސް މި އަހަރު މި އަދަދު ވަނީ 2.6 ބިލިއަން ރުފިޔާއަށް ތިރި ކޮށްފަ އެވެ. ރިކަރަންޓު ހަރަދުގެ ބައިން މަތިވެފައި ވަނީ މުސާރަ އާއި ޕެންޝަން އަދި އިނާތްތަކުގެ ހަރަދުތަކެވެ. މިބަޔަށް މި އަހަރު އެއް ބިލިއަން ހަރަދު ކޮށްފައިވާއިރު މިދިޔަ އަހަރު މި އަދަދު ހުރީ 956.7 މިލިއަން ރުފިޔާގަ އެވެ. 

މީގެ މައިގަނޑު ސަބަބަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މުޅި ސަރުކާރުގެ މުވައްޒަފުންގެ މުސާރަތައް މަތި ކޮށްފައި ވުމެވެ. 

ލޯނު މަތި އެސްޑީއެފްގެ ޖަމާ އިތުރު - މި އަހަރުގެ ބަޖެޓުގައި ލޯނު ދައްކަން 2.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މި އަހަރު ލޯނު އަނބުރާ ދައްކަން 456.4 މިލިއަން ވަނީ ހަރަދު ކޮށްފަ އެވެ.

މިދިޔަ އަހަރުގެ ލޯނު ހަރަދު ހުރީ 446.4 މިލިއަންގަ އެވެ. މި އަހަރުގެ މިހާތަނަށް ފަހަށް ރައްކާކުރާ ފަންޑަށް 102.1 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. 

އާމްދަނީ މަތިވެފައި

ހިސާބުތަކުން ދައްކާ ގޮތުގައި ހަރަދު ކުޑަ ކުރަމުންދާއިރު ދައުލަތުގެ އާމްދަނީ ވަނީ މަތިވަން ފަށާފަ އެވެ. މިހާތަނަށް ޖުމްލަ ހަރަދުގެ ގޮތުގައި 3,457.0 ބިލިއަން ހޭދަ ކޮށްފައިވާއިރު، އާމްދަނީއަށް 4,171.7 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މި އަހަރު ޓެކުހުގެ އާމްދަނީއަށް 3,7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން 427.7 މިލިއަން ލިބިފައިވެ އެވެ. އަދި ހިލޭ އެހީއަށް 9.9 މިލިއަން ލިބިފައިވާ ކަމަށް ދައްކަ އެވެ. 

ބަޖެޓް 2024 - މި އަހަރަށް ފާސް ކުރި ބަޖެޓުގެ ޖުމްލަ ހަރަދަކީ 49.8 ބިލިއަން ރުފިޔާ އެވެ. ޖުމްލަ ހިލޭ އެހީ އާއި އާމްދަނީއަކީ 33.5 ބިލިއަން ރުފިޔާ އެވެ. އަދި ބަޖެޓް ޑެފިސިޓް ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 13.8 ބިލިއަން ރުފިޔާގަ އެވެ. ދަރަންޏަށް ނަގަން ޖެހޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 17.2 ބިލިއަން ރުފިޔާ އެވެ. ބޭރުގެ ފަރާތްތަކުން ބަޖެޓް ސަޕޯޓަށް ހޯދަން ޖެހޭނެ މިންވަރަކީ 6.9 ބިލިއަން ރުފިޔާ އެވެ. މި އަހަރު ގްރީން ނުވަތަ ބްލޫ ބޮންޑެއް ބޭރަށް ވިއްކައިގެން 771 މިލިއަން ރުފިޔާ ހޯދަން ބަޖެޓު ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.