"މަގުތަކަށް ދިއުމުގެ ކުރީން 45 މިލިއަންގެ ޑްރަގް ވާނީ ހުއްޓުވާފައި"

"ފާއިތުވެދިޔަ ދޮޅު މަހެއްހާ ދުވަސްތެރޭ ކުރެވުނު މަަސައްކަތުން 44.5 މިލިއަން ރުފިޔާގެ ވޯތް ޑްރަގްސް އަޅުގަނޑުމެން ވާނީ މަގުތަކަށް ދިއުން ހުއްޓުވާފައި،"

ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިރޭގެ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަނީ

މަސްތުވާތަކެތި ހުއްޓުވަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ މުއްދަތު ގައި 44 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން އިހްސާން ވިދާޅުވީ ހޯމް ލޭންޑް މިނިސްޓްރީގެ މެންޑޭޓް ގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމުގައި މިދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ.

އެންމެ މުހިންމު ކަމަކަށް މިނިސްޓަރު ފާހަގަ ކުރެއްވީ މަސްތުވާތަކެތި ހުއްޓުވަން ކުރަމުންދާ މަސައްކަތެވެ.

"ފާއިތުވެދިޔަ ދޮޅު މަހެއްހާ ދުވަސްތެރޭ ކުރެވުނު މަަސައްކަތުން 44.5 މިލިއަން ރުފިޔާގެ ވޯތް ޑްރަގްސް އަޅުގަނޑުމެން ވާނީ މަގުތަކަށް ދިއުން ހުއްޓުވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ވަބާ ގައި ޖެހި އެކަމުން ސަލާމަތްވުމަށް ފަރުވާ ބޭނުންވާ މީހުންނަށް ވެސް މިދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ގިނަ ފުރުސަތުތަކެއް ފަހިކޮށް ދެވިފައިވާ ކަމަށް ވިދާޅުވި އެވެ. އިހްސާން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު ފެށުނުއިރު މަސްތުވާތަކެތީގެ ވަބާ އިން ސަލާމަތް ވުމަށް ފަރުވާއަށް ބޭނުންވެ 700 މީހުން، އެ ފަރުވާ ނުފެށި ތިބި ކަމަށެވެ. 

އޭގެ ތެރެއިން 300 މީހުންނަށް ފަރުވާގެ ފުރުސަތު ފަހިކޮށް ދެވި ބާކީ ތިބި މީހުންނަށް އެ ފުރުސަތު ވަރަށް އަވަހަށް ފަހި ކޮށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިހާތަނަށް 1،800 ވުރެ ގިނަ މީހުން ބޭރުކޮށްލާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.