މަޖިލީސް މެމްބަރުން ގުނާ ގޮތަށް ގެނައި އިސްލާހުގެ ޝަރީއަތް އަވަސްކޮށްފި

މި މައްސަލަ ހުށަހެޅުމާއެކު ސުޕްރީމް ކޯޓުން ވަނީ އެ އިސްލާހުތަކަށް އަމަލު ނުކުރަން އަންގައި ވަގުތީ އަމުރެއް ނެރެފަ އެވެ. ނަމަވެސް އެ އަމުރަށް އަމަލު ނުކުރާން މަޖިލީހުން އޮތީ ނިންމާފަ އެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގުނާނެ ގޮތް ބަދަލުކޮށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތައް ބާތިލު ކުރަން ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް އަވަސް ކޮށްފި އެވެ.

އިސްލާހު ގެނެސްފައި ވަނީ މަޖިލީސް ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އާއި އ. އަދި ވ. އަށެވެ. އެ އަކުރުތަކުގައި ބުނަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާނީ އެވަގުތަކު މަޖިލީހުގައި ތިބި މެމްބަރުންގެ ޖުމްލަ އަދަދަށެވެ. 

އެއީ ގާނޫނުއަސާސީ އާ ހިލާފަށް ގެނައި އިސްލާހުތަކެއް ކަމަށް ބަޔާންކޮށް، އެ މާއްދާތައް ބާތިލު ކޮށްދޭން ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ފަށަން މީގެ ކުރިން ތާވަލު ކޮށްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހަށެވެ. ނަމަވެސް މިހާރު ސުޕްރީމް ކޯޓުން ވަނީ މި ހަފުތާގެ ބުދަ ދުވަހަށް އަވަސް ކޮށްފަ އެވެ.

މި މައްސަލަ ހުށަހެޅުމާއެކު ސުޕްރީމް ކޯޓުން ވަނީ އެ އިސްލާހުތަކަށް އަމަލު ނުކުރަން އަންގައި ވަގުތީ އަމުރެއް ނެރެފަ އެވެ. ނަމަވެސް އެ އަމުރަށް އަމަލު ނުކުރާން މަޖިލީހުން އޮތީ ނިންމާފަ އެވެ.

އެ މައްސަލަ ކޯޓަށް ވައްދާފައި ވަނިކޮށް މިހާރު މަޖިލީހުގެ އާންމު ކޮމެޓީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިސްލާހު ގެނެސްފައިވާ މާއްދާތައް ބާތިލު ކުރަން ފާސް ކޮށްފަ އެވެ. އަދި، އެ މާއްދާތަކުގައި ހުރި ކަންކަން ކުޑަ ބަދަލަކާއެކު ގަވާއިދުގެ 242 ވަނަ މާއްދާ އިސްލާހު ކުރަން ވަނީ ފާސް ކޮށްފަ އެވެ.

އެއީ މަޖިލީހުގެ ހުސްވާ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި މަޖިލީހުގެ މެމްބަރުންގެ އަދަދު ގުނާނެ ގޮތް ބަޔާން ކޮށްފައިވާ މާއްދާ އެވެ.

އެ މާއްދާއަށް އިތުރު ކުރަން ކުރަން ފާސް ކޮށްފައި ވަނީ، "ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މެމްބަރުކަމުން ވަކިވުމުގެ ސަބަބުން މެމްބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެން ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ އެވެ."

އާ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް ސަރުކާރަށް ނިސްބަތްވާ ހަތް މެމްބަރަކު މަޖިލީސް ގޮނޑި ދޫކޮށްލުމާއެކު، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ރައީސް އަޒުލު ކުރެވޭ ގޮތް ފަސޭހަކޮށް ބޮޑެތި ބަދަލުތަކެއް ގެންނަން ފާސްކޮށްފަ އެވެ. ގަވާއިދަށް ގެނައި ބަދަލުގައި ވަނީ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ ދާއިރާއެއްގެ ގޮނޑި ދެން ނުގުނާ ގޮތަށެވެ. އެހެންކަމުން، އިސްތިއުފާ ދެއްވި ހަތް މެމްބަރުންނާ ނުލައި މިހާރު މަޖިލީހުގައި ތިބި ޖުމްލަ މެމްބަރުންގެ އަދަދަކީ 80 އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.