މާލޭގެ 17 ދާއިރާއަށް 87 ކެންޑިޑޭޓުން، ގިނައީ މާފަންނު މެދަށް

މާލެ ސިޓީގެ 17 ދާއިރާއަށް ވެސް އެމްޑީޕީއާ ކޮންގްރެސް ގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި އެމްޑީޕީއާ ކޮންގްރެސް ޕާޓީގެ ޕްރައިމަރީން ބަލިވި ބައެއް ކެންޑިޑޭޓުން އަމިއްލަ ގޮތުން ވެސް ވާދަ ކުރެ އެވެ.

އިންތިހާބެއް ގައި މީހަކު ވޯޓް ލަނީ -- މި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލެ ސިޓީގެ 17 ގޮނޑިއަށް 87 ކެންޑިޑޭޓުން ވާދަ ކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކޮމިޝަނުން މިހާރު ވަނީ މަޖިލީސް ވިހީ ގައި ދާއިރާތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މައުލޫމާތު އާންމު ކޮށްފައެވެ. ކުރީ އިންތިހާބު ތަކެކޭ އެއްގޮތަށް މި ފަހަރު ވެސް އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައި ވަނީ މާލެ ސިޓީގެ ދާއިރާތަކަށެވެ.

މާލެ ސިޓީގެ ޖުމްލަ 17 ދާއިރާއެއް ހިމެނެ އެވެ. އެއީ ވިލިމާލެ ދާއިރާ އާއި ހުޅުމާލޭގެ ތިން ދާއިރާ އަކާއި މާލޭގެ 13 ދާއިރާ އެވެ. އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައި ވަނީ މާލޭގެ މާފަންނު މެދު ދާއިރާ އަށެވެ. އެ ދާއިރާއަށް ޖުމްލަ 8 ކެންޑިޑޭޓުން ވާދަ ކުރެ އެވެ.

ދެންް އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރަނީ ގަލޮޅު އުތުރު ދާއިރާ އަށެވެ. އެ ދާއިރާއަށް ހަތް ކެންޑިޑޭޓުން ވާދަ ކުރެ އެވެ.

  • 1.ހުޅުމާލެ ދެކުނު ދާއިރާ - ހަ ކެންޑިޑޭޓުން
  • 2.މެދުހެންވޭރު ދާއިރާ - ފަސް ކެންޑިޑޭޓުން
  • 3.ހެންވޭރު ދެކުނު ދާއިރާ - ހަތަރު ކެންޑިޑޭޓުން
  • 4.ހެންވޭރު އުތުރު ދާއިރާ - ތިން ކެންޑިޑޭޓުން
  • 5.ގަލޮޅު އުތުރު ދާއިރާ - ހަތް ކެންޑިޑޭޓުން
  • 6.ގަލޮޅު ދެކުނު ދާއިރާ - ހަ ކެންޑިޑޭޓުން
  • 7.މައްޗަންގޮޅި އުތުރު ދާއިރާ - ފަސް ކެންޑިޑޭޓުން
  • 8.މައްޗަންގޮޅި ދެކުނު ދާއިރާ - ފަސް ކެންޑިޑޭޓުން
  • 9.މާފަންނު އުތުރު ދާއިރާ - ފަސް ކެންޑިޑޭޓުން
  • 10.މާފަންނު ހުޅަނގު ދާއިރާ - ހަތަރު ކެންޑިޑޭޓުން
  • 11.މާފަންނު މެދު ދާއިރާ - އަށް ކެންޑިޑޭޓުން
  • 12.މާފަންނު ދެކުނު ދާއިރާ - ތިން ކެންޑިޑޭޓުން
  • 13.ވިލިމާލެ ދާއިރާ - ފަސް ކެންޑިޑޭޓުން
  • 14.ހެންވޭރު ހުޅަނގު ދާއިރާ - ފަސް ކެންޑިޑޭޓުން
  • 15.މައްޗަންގޮޅި މެދު ދާއިރާ - ފަސް ކެންޑިޑޭޓުން
  • 16.ހުޅުމާލެ މެދު ދާއިރާ - ހަ ކެންޑިޑޭޓުން
  • 17.ހުޅުމާލެ އުތުރު ދާއިރާ - ފަސް ކެންޑިޑޭޓުން

މާލެ ސިޓީގެ 17 ދާއިރާއަށް ވެސް އެމްޑީޕީއާ ކޮންގްރެސް ގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި އެމްޑީޕީއާ ކޮންގްރެސް ޕާޓީގެ ޕްރައިމަރީން ބަލިވި ބައެއް ކެންޑިޑޭޓުން އަމިއްލަ ގޮތުން ވެސް ވާދަ ކުރެ އެވެ. ގިނައީ ކޮންގްރެސްގެ ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންނެވެ.

އެމްއެންޕީގެ އެއް ކެންޑިޑޭޓްގެ އިތުރުން ދެން ހިމެނެނީ އަމިއްލަ ކެންޑިޑޭޓުންނެވެ. އޭގެ ތެރޭގައި ރައީސް ޔާމީންގެ ތާއީދާއެކު ނިކުންނަ ކެންޑިޑޭޓުން ވެސް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.