އެމްޑީޕީގެ ރައީސް ކަމަށް ވާދަ ކުރައްވާނެކަން ޝާހިދު އިއުލާނު ކުރައްވައިފި

އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު ނޫން ބޭފުޅަކު ކުރިމަތިލާނެ ކަމަކަށް ނުބެލެވެ އެވެ. އެހެން ބޭފުޅަކު އަދި ޝައުގުވެރިކަން ފާޅު ކުރައްވާފައެއް ނުވެ އެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމްޑީޕީގެ ޖަލްސާ އެއް ގައި ވާހަކަފުޅު ދައްކަވަނީ

އެމްޑީޕީގެ ރައީސް ކަމަށް ވާދަ ކުރައްވާނެކަން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއުލާނު ކުރައްވައިފި އެވެ.

އެމްޑީޕީގެ ރައީސް ކަަމަށް އޮތީ ހުޅުވާލާފައެވެ. އަންގާރަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާ މާޗް މަހުގެ ދެވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަން ކުރެއްވި އަދި ރައީސް މައުމޫންގެ ވެރިކަމުގައި ވެސް އިސް މަގާމުތަކެއް ފުރުއްވާފައިވާ މިނިސްޓަރު ޝާހިދު ވަނީ އެމްޑީޕީގެ ރައީސް ކަމަށް ވާދަ ކުރައްވާނެކަން ދެންމެ އިއުލާނު ކުރައްވާފައެވެ.

"އައު ފޯރިޔަކާއި އައު ޖޯޝަކާއި އެކު އާބާރެއް ގައި އެމްޑީޕީ ނިކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެންމެން އެކުވެ އަތުގުޅާލަން ވެއްޖެ ކަން ބަލާލި ކޮންމެ ދިމާލަކުން މިއަދު މިއޮތީ ފެންނާށެވެ،" އެމްޑީޕީގެ މެންބަރުންގެ ތާއީދަށް އެދިވަޑައިގެން ޝާހިދު ކުރެެއްވި ޕޯސްޓް ގައި ވިދާޅުވި އެވެ.

ޝާހިދުގެ ސްލޯގަން އަކީ "އާބާރެއް" ސްލޯގަން އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި ވަގުތީ ގޮތުން މިވަގުތު ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު އެ މަގާމަށް ހަމަޖެއްސެވީ ނޮވެންބަރު 24 ގައި އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ގައެވެ. އެމްޑީޕީގެ ރައީސްގެ މަގާމު އޭރު ހުސްވީ ކުރީން އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރައީސް ކަމުންނާއި މެންބަރު ކަމުން ވެސް އިސްތިއުފާ ދެއްވުމުންނެވެ.

އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު ނޫން ބޭފުޅަކު ކުރިމަތިލާނެ ކަމަކަށް ނުބެލެވެ އެވެ. އެހެން ބޭފުޅަކު އަދި ޝައުގުވެރިކަން ފާޅު ކުރައްވާފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.