ސީވީއެފް ގައުމުތައް އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވާކަށް ނުޖެހޭނެ

އެ މަނިކުފާނު އެހެން ވިދާޅުވި އިރު ރާއްޖެ މިހާތަނަށް އައިއެމްއެފްގެ ޕްރޮގްރާމެއް ނަގަން މަސައްކަތް ކޮށްފައި އެ މަނިކިފާނުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ.

ރައީސް މުހަަައްމަދު ނަޝީދު

ކްލައިމެޓް ވަލްނަރަބުލް ފޯރަމް (ސީވީއެފް) ގައި ހިމެނޭ ގައުމުތައް އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.

ނަޝީދު އެކްސްގައި ވިދާޅުވީ ރާއްޖެ ފަދަ ސީވީއެފް ގައުމެއް ދަރަނިން ސަލާމަތް ވާން އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވާކަށް ނުޖެހޭނެ ކަމަށާއި އެފަދަ ގައުމުތަކަށް ސީވީއެފް ވީ20 ސެކްރެޓޭރިއަޓުން އެހީތެރިކަން ދޭނެ ކަމަށެވެ. އަދި ކާބަން ޓްރޭޑިން ފަދަ ދަރަނި ކުޑަ ކުރުމުގެ ފުރުސަތުތައް ދެނެގަތުމަށް ފަންނީ އެހީތެރިކަން ދޭނެ ކަމަށެވެ.

އެ މަނިކުފާނު އެހެން ވިދާޅުވި އިރު ރާއްޖެ މިހާތަނަށް އައިއެމްއެފްގެ ޕްރޮގްރާމެއް ނަގަން މަސައްކަތް ކޮށްފައި އެ މަނިކިފާނުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ.

އެ ފަހަރު ނަގަން ނިންމި ޕްރޮގްރާމުގެ ދަށުން މާލީ ސިޔާސަތުތައް އިސްލާހު ކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ހިފި އެވެ. ސަބްސިޑީ ރިފޯމްކޮށް ސިވިސް ސާވިސް މަދު ކުރަން އުޅުނެވެ. 

ސިވިސް ސާވިސް މުވައްޒަފުންނަށް ބަލްކް ޕޭމަންޓެއް ދީ ރިޓަޔާކޮށް ޕްރައިވެޓް ސެކްޓަރަށް ވައްދައި ސަރުކާރުގެ ހަރަދު ކުޑަ ކުރަން ވިސްނި އެވެ. އެކަމަކު އެކަމެއް އެ ސަރުކާރަކަށް ނުވި އެވެ. އެހެންވެ އެ ޕްރޮގްރާމް ފެއިލްވީ އެވެ. އޭގެ ފަހުން އެ ވާހަކައެއް ނުދައްކަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.