ފަހުން ހައްޔަރު ކުރީ ޝަމީމަށް ފާރަލާން އުޅުނު މީހެއް

އުމުރުން 22 އަހަރުގެ އެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައި ވަނީ، އޭނާ އަކީ ޝަމީމަށް ފާރަލުމުގައި އުޅުނު މީހެއް ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ފަހުން ހައްޔަރު ކުރީ ހަމަލާގެ ކުރިން ފާރަލާން އުޅުނު މީހެއް ކަމަށް ފުލުހުން ބުނެފި އެވެ. 

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއް ގައި މަގުމަތީން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެންމެ ފުރަތަމަ ހައްޔަރު ކުރި ދެ މީހުން ހައްޔަރު ކުރުމަށްފަހު ހުކުރު ދުވަހު ވަނީ ތިން ވަނަ މީހާ ހައްޔަރުކޮށްފަ އެވެ.

އުމުރުން 22 އަހަރުގެ އެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައި ވަނީ، އޭނާ އަކީ ޝަމީމަށް ފާރަލުމުގައި އުޅުނު މީހެއް ކަމަށެވެ. 

ޝަމީމަށް ހަމަލާ ދިން މައްސަލައިގައި އޭނާގެ ބައިވެރިވުން ވެސް އޮތް ކަމުގެ ހެކި ފުލުހުން ހުށަހަޅާފާއިވާ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ. ނަމަވެސް، އޭނާ ވަނީ ޝަމީމަށް ހަމަލާ ދިނުމުގެ އެއްވެސް އަމަލެއްގައި ބައިވެރި ނުވާ ކަމަށް ކޯޓުގައި ބުނެފަ އެވެ.

"މި މައްސަލައަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ މައްސަލައެއް އަދި ކުށްކޮށްފައި ވަނީ ޖަމާއަތް ހަދައިގެން ކަމަށް ބެލެވޭ،" ކޯޓް އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

އޭނާ އަކީ މި ބާވަތުގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ ފަރާތެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

ޝަމީމަށް ހަމަލާ ދީފައި ވަނީ ސައިކަލެއްގައި އައި ދެ މީހަކު، މަރުތޭލަކުންނެވެ. ހަމަލާ އަމާޒުވީ ޝަމީމްގެ އަތަށެވެ. އެ ހަމަލާއާ ގުޅިގެން ޝަމީމްގެ އަތުގެ ކަށިގަނޑު ގައި ވަނީ ރެނދެއް އަޅާފައެވެ. ފުރަތަމަ ހައްޔަރު ކުރީ އެ ދެ މީހުން ކަމަށް ވެ އެވެ. އެ ދެ މީހުން ތިބީ މޫނު ނިވާކޮށްގެން އެއީ ކޮން ބައެއްކަން ނޭންގޭ ގޮތަށް ހަދައިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.