ޝަމީމަށް ހަމަލާ ދިން މައްސަލާގައި އިތުރު މީހަކު ހައްޔަރު ކޮށްފި

ޝަމީމަށް ހަމަލާ ދިން މައްސަލާގައި މީގެ ކުރީން ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ފަރުވާއަށް ފަހު ގެއަށް ވަޑައިގެން

ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާ ދިން ކަމުގެ ތުހުމަތު ގައި އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ. 

ފުލުހުން ދެންމެ ބުނީ ޝަމީމަށް ހަމަލާ ދިން މައްސަލައިގެ ތުހުމަތު ގައި އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އިއްޔެ ހައްޔަރު ކުރީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

އޭނާގެ ބަންދަށް މުއްދަތު ޖަހަން ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރު ދީފައެވެ.

ޝަމީމަށް ހަމަލާ ދިން މައްސަލާގައި މީގެ ކުރީން ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ޝަމީމަށް ހަމަލާ ދިނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއް ގައި މަގުމަތީންނެވެ. 

ސައިކަލެއް ގައި އައި ދެ މީހަކު ވަނީ މަރުތޭލަކުން ޝަމީމަށް ހަމަލާ ދީފައެވެ. ހަމަލާ އަމާޒުވީ ޝަމީމްގެ އަތަށެވެ. އެ ހަމަލާއާ ގުޅިގެން ޝަމީމްގެ އަތުގެ ކަށިގަނޑު ގައި ވަނީ ރެނދެއް އަޅާފައެވެ. ފުރަތަމަ ހައްޔަރު ކުރީ އެ ދެ މީހުން ކަމަށް ވެ އެވެ.

ޝަމީމަށް ހަމަލާ ދިން ދެ މީހުން ތިބީ މޫނު ނިވާކޮށްގެން އެއީ ކޮން ބައެއްކަން ނޭންގޭ ގޮތަށް ހަދައިގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.