އިތުބާރު ގެއްލުވާލަން ފަތުރަނީ ދޮގު، އިގްތިސާދު ކޮޅަށް ޖަހާނެ: ސަރުކާރު

އިގްތިސާދީ ހާލަތު ދަށްވެ ދައުލަތް އޮތީ ބަނގުރޫޓް ވެދާނެ ހާލަތެއް ގައި ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާ އެފަދަ ވާހަކަތައް ފަތުރަނީ މާލީ ނިޒާމުގެ އިތުބާރު ގެއްލުވާލާ ސަރުކާރުން ފިސްކަލް ރިފޯމް މަސައްކަތަށް ހުރަސް އެޅުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ރައީސް އޮފީސް

އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން ދީ މާލީ ނިޒާމާ މެދު އިތުބާރު ގެއްލުވާލުމަށް ދައްކަމުންދާ ދޮގު ވާހަކަތައް ހުއްޓާލުމަށް ސަރުކާރުން ގޮވާލައިފި އެވެ.

ސަރުކާރުގެ މި ގޮވާލުން އައީ އިގްތިސާދީ ހާލަތާއި ގުޅުވާ ފަތުރަމުންދާ ވާހަކަތައް ދޮގު ކޮށް އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައެވެ.

އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މާލީ ނިޒާމުގެ އިތުބާރު ދަމަހައްޓާނެ ކަމަށާ އިގްތިސާދުގެ ދުޅަހެޔޮ ކަމަށް މިހާރު ފަށާފައިވާ މަޝްރޫއުތަކާއި މަސައްކަތްތަކާ އެކު އެ ބަދަލު ގެނެވޭނެ ކަމަށެވެ.

އިގްތިސާދީ ހާލަތު ދަށްވެ ދައުލަތް އޮތީ ބަނގުރޫޓް ވެދާނެ ހާލަތެއް ގައި ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާ އެފަދަ ވާހަކަތައް ފަތުރަނީ މާލީ ނިޒާމުގެ އިތުބާރު ގެއްލުވާލާ ސަރުކާރުން ފިސްކަލް ރިފޯމް މަސައްކަތަށް ހުރަސް އެޅުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.

މިނިސްޓްރީގެ ބަޔާނުގައި ވަނީ ރައީސް މުއިއްޒު ސަރުކާރާއި ހަވާލުވިއިރު އިގްތިސާދު އޮތް ނާޒުކު ހާލަތު ފާހަގަ ކުރައްވާ އެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން މިވީ މަދު ދުވަސްކޮޅު ތެެރޭ އަޅާފައިވާ ފިޔަވަޅުތަކާއި ފަށާފައިވާ މަސައްކަތްތަކާ އެކު ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ އިތުބާރާއި ޔަގީންކަން އޮތް ކަމަށް ބުނެފައެވެ.

އެހެން ކަމުން ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރާ މާލީ ނިޒާމަށް އޮތް އިތުބާރު ގެއްލުވާލަން ބަޔަކު ކުރާ އެފަދަ މަސައްކަތްތައް ހުއްޓާލަން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަަށް ގޯސްވެ ބޭންކްރަޕްޓް ވުމުން ދޭ އެހީގެ ޕެކޭޗް ނަގާ އައިއެމްއެފްގެ ޕްރޮގްރާމަށް ރާއްޖެ ވަދެފައިވާ ކަމަށް ބުނެ ބަޔަކު ދަނީ ކެނޑިނޭޅި ވާހަކަތައް ފަތުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.