ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ނަގަން ފަށައިފި

ސިޓީ ކައުންސިލުން ބުނީ، މި ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ކަމަށެވެ.

މާލޭ މަގުމަތީ ޓްރެފިކް ތޮއްޖެހިފައި: ގަވާއިދާ ހިލާފަށް ހުރި އުޅަނދުތައް ނަގަން ވަނީ ފަށާފައި -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް

މާލެ އަދި ހުޅުމާލޭ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ނަގައި، ނައްތާލުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މި ޕްރޮގްރާމް ހިންގަނީ މާލެ ސިޓީ ކައުންސިލް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (ޢެޗްޑީސީ)، ވެމްކޯ އަދި ފުލުހުންނާ ގުޅިގެންނެވެ.

ސިޓީ ކައުންސިލުން ބުނީ، މި ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ކަމަށެވެ.

އެހެންކަމުން ޓްރެފިކް ތޮއްޖެހޭ މައްސަލައަށް ހައްލު ހޯދަން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، ބޭނުންނުކޮށް ގަވާއިދާ ހިލާފަށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ގިނަ ދުވަހު ބަހައްޓާފައި ހުރި އުޅަނދުތައް ދެނެގަނެ، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ އުޅަނދުތައް މަގުމަތިން ނެގުމަށްފަހު ނައްތާލުމުގެ މަސައްކަތް މި ޕްރޮގްރާމުގެ ތެރެއިން ކުރަމުންދާނެ ކަމަށެވެ.

ގަވާއިދާ ހިލާފު އުޅަނދުތައް މަގުމަތިން ނެގުމަށް ބޭނުންވާ އުޅަނދުތައް މާލޭގެ ބަނދަރުގައި -- ފޮޓޯ: ސިޓީ ކައުންސިލް

މި މަސައްކަތް ފެށުމުގެ ގޮތުން މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

މިއަދުން ފެށިގެން މަގުމަތީގައި ނުގަވާއިދުން ބަހައްޓާފައިވާ އުޅަނދުތަކާއި، ބޭނުން ނުކޮށް ގިނަ ދުވަސް ވާންދެން ބަހައްޓަފައި ހުރި އުޅަނދުތައް ޓޯ ކުރުމަށްފަހު ނައްތާލުމުގެ މަސައްކަތް ކުރާނެ އެވެ. ޓޯ ކުރުމަށް ބޭނުންވާ އުޅަނދުތައް ވެސް މިއަދު ވަނީ މާލެ ގެނެސްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.