"އިސްތިއުފާއެއް ނުދެން، މަސައްކަތުގެ ނަތީޖާވެސް ނެރޭނަން"

ފިނޭންސްގެ އެޑްވައިޒަރުންގެ ގޮތުގައި މުނައްވަރާއި ކުރީގެ ގަވަރުނަރު ނަސީރު ވަޒީރުންގެ ފެންވަރުގައި އައްޔަން ކުރީ މިދިއަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ފިނޭންސް މިނިސްޓަރު ޝަފީގު އަދި ފައިނޭންޝަލް އެޑްވައިޒަރު މުނައްވަރު އަދި އެ މިނިސްޓްރީގެ އިސްވެރިން -- ފިނޭންސް
ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު

ސަރުކާރުގެ މާލީ އެޑްވައިޒަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އަހުމަދު މުނައްވަރު އެ މަގާމުން އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވާ އެއަށް މުނައްވަރު ރައްދު ދެއްވައިފި އެވެ. 

ޕީޕީއެމްގެ ކުރީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު މިރޭ "މި" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އޭނާ އާއި އަދި ފިނޭންސް މިނިސްޓަރީގެ އިސްވެރިން ހިމޭނޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރައި އެ ވާހަކަތައް ދިވެހި ރައްޔިތުންނާއި ބޭރު ދުނިޔެއާ ހަމައަށް ގެންގޮސްފައިވާ ކަމަށެވެ. އެކަން ކޮށްފައު އެ ވަނީ ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ސާބިތުކަން ދުއްވާލަން ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ކުރިން އޮތް އެމްޑީޕީގެ ސަރުކާރުގައި މާލީ ނިޒާމުގެ ތެރެއިން ގިނަ ކަންކަން ކޮށްފައި ވަނީ ވަރަށް ގޯސްކޮށް ކަމަށާއި އެކަން ކަމަށް ފިޔަވަޅު އަޅައި މާލީ ރިފޯމްގެ މަސައްކަތްކޮށް މާލީ ކަންކަން ރަނގަޅު މަގަމުގައި ސާބިތު ކަމާއެކު ކުރިޔަށްދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން މި ކުރާ މަސައްކަތުގައި އިރާދަ ކުރެއްވިޔާ ނަތީޖާ ވެސް ނެރޭނަން. އަދި އަޅުގަނޑާ ބެހޭ ގޮތުން ފަތުރާފައިވާ ވާހަކަތަކަކީ ހަގީގަތާ މުޅީން ހިލާފު ވާހަކަތަކެއް،" މުނައްވަރު ވިދާޅުވި އެވެ.

އަޑުތައް ފަތުރާފައިވާ ގޮތުން ރާއްޖެ ދަރައި އައިއެމްއެފްގެ ޕްރޮގްރާމްގައި ބައިވެރިވާން މުނައްވަރު ވަނީ ލަފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވާން ބޭނުންފުޅުވެ ވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރު ޝަފީގު އެކަމާ ދެކޮޅު ހައްދަވާތީ އެވެ.

ފިނޭންސްގެ އެޑްވައިޒަރުންގެ ގޮތުގައި މުނައްވަރާއި ކުރީގެ ގަވަރުނަރު ނަސީރު ވަޒީރުންގެ ފެންވަރުގައި އައްޔަން ކުރީ މިދިއަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.