މަޖިލީސް ވިހި: ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފި

މި ފަހަރުގެ އިންތިހާބު ގައި ބޮޑެތި ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުން ނެރެ އެވެ. އެގޮތުން ކޮންގްރެސް ޕާޓީ އާއި އެމްޑީޕީއާ ދަ ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީއާ އެމްއެންޕީ އާއި އަދާލަތު ޕާޓީއާ އެމްޑީއޭ އިން ކެންޑިޑޭޓުން ނެރެ އެވެ.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ، ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކޮށްފި އެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ މަޖިލީސް އިންތިހާބު ގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މެންދުރު ފަހު 2:30 ފެށިގެން އިރުއޮއްސި 6:30 އާ ހަމައަށް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މަޖިލީސް އިންތިހާބަށް ހުޅުވާލުމުން 381 މީހަކު ވަނީ ކުރިމަތިލާފައެވެ. ނަމަވެސް މިއަދުގެ ނިޔަލަށް ނަން ގެންދިއުމުގެ ފުރުސަތު އޮތުމުން ބައެއް މީހުން ވަނީ ނަން ނަގާފައެވެ.

އަދި ޝަރުތު ހަމަނުވެގެން ވެސް ބައެއް މީހުންގެ ކެންޑިޑެސީ ބަލައިގެންފައެއް ނުވެ އެވެ. އެހެން ކަމުން މި ފަހަރުގެ އިންތިހާބު ގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ސީދާ އަދަދެއް އަދި ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

މި ފަހަރުގެ އިންތިހާބު ގައި ބޮޑެތި ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުން ނެރެ އެވެ. އެގޮތުން ކޮންގްރެސް ޕާޓީ އާއި އެމްޑީޕީއާ ދަ ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީއާ އެމްއެންޕީ އާއި އަދާލަތު ޕާޓީއާ އެމްޑީއޭ އިން ކެންޑިޑޭޓުން ނެރެ އެވެ.

  •  ކޮންގްރެސް ޕާޓީން 90 ކެންޑިޑޭޓުން
  •  އެމްޑީޕީން 89 ކެންޑިޑޭޓުން
  •  ދަ ޑިމޮކްރެޓްސް އިން 41 ކެންޑިޑޭޓުން
  •  ޖުމްހޫރީ ޕާޓީން 11 ކެންޑިޑޭޓުން
  •  އަދާލަތު ޕާޓީން ހަތަރު ކެންޑިޑޭޓުން
  •  ޔާމީންގެ ތާއީދާ އެކު 41 ކެންޑިޑޭޓުން

މި ފަހަރުގެ އިންތިހާބު ގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަ ކުރާނެ އެވެ. އޭގެ ތެރޭގައި ކޮންގްރެސް ޕާޓީ އާއި އެމްޑީޕީގެ ޕްރައިމަރީ ގައި ވާދަކޮށް ނާކާމިޔާބުވި ކެންޑިޑޭޓުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު އަމިއްލަ ގޮތުން 41 ކެންޑިޑޭޓަކު ވާދަ ކުރާނެ އެވެ. އެ ކެންޑިޑޭޓުންނަކީ ޔާމީން އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓްގެ މެންބަރުންނެވެ. އެ މީހުންނަށް އެ ޕާޓީގެ ނަމުގައި ވާދަ ނުކުރެވުނީ ޕީއެންއެފް އަދި ރަޖިސްޓްރީ ކޮށްފައި ނުވާތީ އެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިހާބު ގައި ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ ވަރަށް ގިނަ ބޭފުޅުން ވާދަ ކުރައްވައެވެ. ހިނގަމުންދާ 19 ވަނަ މަޖިލީހާއި ކުރީގެ 18 ވަނަ މަޖިލީހުގައި ހިމެނުނު ވަރަށް ގިނަ މެންބަރުން ވާދަ ކުރައްވައެވެ. އަދި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވެސް ވާދަ ކުރައްވައެވެ.

  •  ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް - މާމިގިލީ ދާއިރާ
  •  ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ - ފޮނަދޫ ދާއިރާ
  •  އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް - މާފަންނު އުތުރު ދާއިރާ
  •  އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ - މަކުނުދޫ ދާއިރާ
  •  އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު - ދ. މީދޫ ދާއިރާ
  •  މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް - ހިތަދޫ އުތުރު ދާއިރާ

ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ވަނީ ގާސިމް އިބްރާހިމް ވާދަކުރައްވާ މާމިގިލީ ދާއިރާ އަށާއި ނާޒިމް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާ އަށް އަދި ސިޔާމް ވާދަ ކުރައްވާ ދ. މީދޫ ދާއިރާއަށް ކެންޑިޑޭޓަކު ނުނެރެން ނިންމާ އެ ލީޑަރުންނަށް އެ ދާއިރާތައް ދޫކޮށްލާފައެވެ.

އިމްރާން ވާދަ ކުރައްވާ މަކުނުދޫ ދާއިރާއަށް އެމްޑީޕީއާ ކޮންގްރެސް ޕާޓީން ވެސް ކެންޑިޑޭޓަކު ވަނީ ނެރެފައެވެ. 

މިހާރު އޮތްގޮތުން މަޖިލީސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު އެވެ. އެއީ ރަމަޟާން މަސް ތެރެ އެވެ. މަޖިލީހުން މިހާރު ވަނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ލާޒިމުކޮށް ގާނޫނަށް ބަދަލު ގެނެސް ފައެވެ. އަދި މީގެ ފަހުން ރޯދަ މަސްތެރޭ އިންތިހާބު ނުބޭއްވޭ ގޮތަށް ވެސް އިސްލާހު ގެނެސް ފައިވެ އެވެ. ނަމަވެސް އެ ބިލް އަދި ތަސްދީގެއް ނުކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.