ސާދަ އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދާތާ ހަފްތާއެއް

ހަދީޖާ ޔަލްވީ އެންމެ ފަހުން ފެނިފައިވަނީ ފެބުރުވަރީ ނުވަ ވަނަ ދުވަހުގެ ރޭ 8:00 ހާއިރު އެ ކުއްޖާ ދިރިއުޅޭ ގެއިންނެވެ.

ގެއްލިގެން ހޯދަމުންދާ ކުއްޖާ

ސާދަ އަހަރުގެ އަންހެން ކުއްޖަކު އާއިލާއަށް ހަބަރެއް ނުވެ ގެއްލިގެން ރިޕޯޓް ކުރުމާއި ގުޅިގެން ކުއްޖާގެ ވަނަވަރު ހާމަކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ‏މ. އެނބޫމާގެއާގެ، ހަދީޖާ ޔަލްވީ (14އ) އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ފެބުރުވަރީ 11 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

‏ހަދީޖާ ޔަލްވީ އެންމެ ފަހުން ފެނިފައިވަނީ ފެބުރުވަރީ ނުވަ ވަނަ ދުވަހުގެ ރޭ 8:00 ހާއިރު އެ ކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.

އެހެން ކަމުން އެ ކުއްޖާގެ ހަބަރެއް އާއިލާއަށް ނުވާތާ ހަތް ދުވަސްވީ އެވެ. ކުއްޖާ ގެއްލިގެން ފުލުހަށް ރިޕޯޓް ކުރި ފަހުން ވެސް ފަސް ދުވަސްވީ އެވެ.

އާއިލާއަށް ހަބަރެއް ނުވެގެން ކުޑަކުދީން ގެއްލިގެން ފުލުހަށް ރިޕޯޓް ކުރާ ނިސްބަތް ވަނީ އިތުރުވަމުންނެވެ. ބައެއް ފަހަރު ދިހަ، ބާރަ ދުވަސް ވަންދެން އާއިލާއަށް ހަބަރެއް ނުވެ ކުދީން ފިލައިގެން އުޅެ އެވެ. އެ ފަދަ ރިޕޯޓްތައް ފުލުހަށް ލިބި ފޮޓޯއާ ވަނަވަނަ އާންމު ކުރުމުން އާއިލާއަށް ހަބަރު ވެ އެވެ. ނަމަވެސް އެ ކުދީން އާއިލާއަށް ފިލާ / ގެއްލޭ ސަބަބެއް ސާފެއް ނުކޮށްދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.