ގުޅީފަޅު ހިއްކުން ހުއްޓުވި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އުޝާމް ވިދާޅުވީ ގުޅީފަޅު ޕްރޮޖެކްޓަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއް ކަމަށާ އަދި ގުޅިފަޅު ބިން ހިއްކުމުގެ 80 ޕަސެންޓް ވަރު މިހާރު ނިމިފައިވާއިރު މިމަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށެވެ.

އޭޖީ އުޝާމް، ބައެއް ވަޒީރުންނާ އެކު

ތިމާވެއްޓަށް ގެއްލުން ވާތީ، ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ހައިކޯޓުން ކުރި އަމުރު، ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުފާނުކޮށްފި އެވެ. 

ހައިކޯޓުން މި ގޮތަށް އަމުރު ކުރީ އާންމުންގެ މީހަކު ހުށައެޅި މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލަ ކޯޓަށް ހުށައެޅީ އެއީ ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ހިންގާ މަޝްރޫއުއެއް ކަމަށް ބުނެ އެވެ. ހައިކޯޓަށް މައްސަލަ ހުށަހެޅީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައުލޫއީ މައްސަލަ ނިމެންދެން މަޝްރޫއު މަޑުޖައްސާލުމުގެ އަމުރެއް ނުނެރެދިނުމުންނެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތު ރައުޔުގައި ބުނެފައި ވަނީ، ގުޅިފަޅު ހިއްކުމުގައި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލު ކޮށްފައިވާކަން އެނގެން އޮތްއިރު، އެކަން ނަފީކުރާނެ ހެއްކެއް ދައުލަތުން ދައްކާފައި ނުވާ ކަމަށެވެ.

ތިމާވެށި ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައިފިނަމަ، އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް މާލީ ގޮތުން ވެސް ލިބިގެން ހިނގައިދާނެ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން، ސިވިލް ކޯޓުގައި އޮތް މައްސަލަ ނިމެންދެން މި މައްސަލަ މަޑުޖައްސާލަން ވަނީ ހުކުމްކޮށްފަ އެވެ.

އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ދެންމެ ވިދާޅުވީ ހައިކޯޓްގެ އަމުރުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުފާ ނުކޮށްފައިވާ ކަމަށެވެ. އެ ކޯޓްގެ އަމުރު ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް ވެސް ވަނީ އެދިފައެވެ.

އުޝާމް ވިދާޅުވީ ގުޅީފަޅު ޕްރޮޖެކްޓަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއް ކަމަށާ އަދި ގުޅިފަޅު ބިން ހިއްކުމުގެ 80 ޕަސެންޓް ވަރު މިހާރު ނިމިފައިވާއިރު މިމަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށެވެ.

މިއީ ރާއްޖޭގައި ހިންގާ ބޮޑު މަޝްރޫއުއެއް ތިމާވެއްޓަށް ގެއްލުންވާތީ ހުއްޓުވި ފުރަތަމަ ފަހަރެވެ.

ގުޅިފަޅަކީ ކުރީ ސަރުކާރުން ބޯހިޔާވަހިކަމަށް ހިއްކަން ފެށިތަނެކެވެ. އެތަނުން ގޯތި ވެސް ދޫކޮށްފައިވެ އެވެ. އަދި، ސޯޝަލް ހައުސިން ޕްރޮޖެކްޓްތައް ހިންގަން ވެސް ވަނީ ރާވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.