ހިޔާ ފްލެޓްތަކަށް އިތުރު 32 ލިފްޓް، މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

އެޗްޑީސީން ބުނި ގޮތުގައި އާ ލިފްޓްތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މި މަސައްކަތް އެއް އަހަރު ދުވަސް ތެރޭ ނިންމާނެ އެވެ.

ޗައިނާގެ ލޯނުން އިމާރާތް ކުރި ހިޔާ ފްލެޓް

ހިޔާ ފްލެޓްތަކު ގައި އިތުރު ލިފްޓުތައް ބެހެއްޓުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)  އިން ޗައިނާ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕް އާއިއެކު އެއްބަސްވުމެއް ގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން މުޅި ޖުމްލަ 32 އާ ލިފްޓް ބަހައްޓާނެ އެވެ. އެއީ ކޮންމެ ޓަވަރަކަށް އިތުރު ޕެސެންޖާ އަދި ސްޓްރެޗާ ލިފްޓެކެވެ.

އެޗްޑީސީން ބުނި ގޮތުގައި އާ ލިފްޓްތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މި މަސައްކަތް އެއް އަހަރު ދުވަސް ތެރޭ ނިންމާނެ އެވެ.

މިއީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ފްލެޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ. މި ލިފްޓުތައް ބެހެެއްޓުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރު ގައި ހޭދަކުރަން ޖެހޭ ވަގުތު ކުޑަވެގެންދާނެ އެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހާ ވެސް ފަސޭހަ ވާނެހެން ކަންތައް ކޮށްދިނުމަށް ކަމަށެވެ.

ހިޔާގެ ކޮންމެ ޓަވަރެއް ގައި އިތުރު ދެ ލިފްޓް ބަހައްޓައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ވައުދުވެވަޑައިގެންފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.