ޑރ. އަމީން، ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަ ކުރައްވަނީ

ސިޔާސީ މަސައްކަތްޕުޅުގައި އަމީން ފާހަގަ ކުރެވިފައި ވަނީ ދެ ގޮތެއް ނުވެ ގަބޫލު ކުރައްވާ އުސޫލުތަކާއި ހަމަ ހިފަހައްޓަވައިގެން މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ޑރ. އަމީން އިބްރާހިމް، މަޖިލީސް އިންތިހާބު ގައި ވާދަ ކުރައްވަން ފޯމް ހުށައަޅުއްވަނީ

ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު / ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ޑރ. އަމީން އިބްރާހިމް، ވިހިވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބު ގައި ވާދަ ކުރައްވަން ފޯމް ހުށައަޅުއްވައިފި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބު ގައި ގާސިމް އިބްރާހިމްގެ ރަނިންމޭޓަކަށް ވެސް ހުންނެވި ޑރ. އަމީން ކުރިމަތި ލައްވަނީ ހެންވޭރު ހުޅަނގު ދާއިރާ އަށެވެ. އެ ދާއިރާއަށް ވާދަ ކުރައްވަން މިއަދު ވަނީ ފޯމް ހުށައަޅުއްވާފައެވެ. އަމީން ވާދަ ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓް ގައެވެ.

އަމީން ޑޮކްޓަރ އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ހާސިލު ކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވޭލްސް ޓްރިނިޓީ އެންޑް ސެއިންޓް ޑޭވިޑް (ޔޫޑަބްލިޔުޓީއެސްޑީ) އިން ނެވެ.

ދިވެހި އަދަބިއްޔާތުގައިވެސް ފާހަގަ ކުރެވޭ ޑރ އަމީން ރިސާޗް ހައްދަވާފައި ވަނީ ރާއްޖޭގެ ރިޒޯޓްތައް ފައިދާ ހުރިގޮތުގައި ހިންގުމަށާއި ރިޒޯޓު މުވައްޒަފުންގެ އިންޓްރާޕްރެނިއާޝިޕް ހުނަރު ތަރައްގީ ކުރުމަށް އެންމެ އިފެކްޓިވް ލީޑާޝިޕް ސްޓައިލަކީ ކޮބާތޯ ހޯދުމުގެ މައްޗަށެވެ.

މި ރިސާޗް ހައްދަވާފައިވަނީ ރާއްޖޭގެ ރިޒޯޓުތަކުން މައުލޫމާތު އެއްކުރައްވައިގެންނެވެ. 

ޑރ. އަމީން އިބްރާހިމް، މަޖިލީސް އިންތިހާބު ގައި ވާދަ ކުރައްވަން ފޯމް ހުށައަޅުއްވަން ވަޑައިގެން

ޑރ. އަމީން ކުރީން ވަނީ މެލޭސިޔާގެ އިސްލާމިކް ޔުނިވާސިޓީން މެނޭޖްމަންޓް ރޮނގުން މާސްޓާޒް ހާސިލް ކުރައްވާފައެވެ. އަދި އޮސްޓްރޭލިއާ އިން ވެސް ވަނީ ހަމަ އެ ރޮނގުން ކިޔަވާ ވިދާޅުވެފައެވެ. ޑރ އަމީން ވަނީ ގާސިމް އިބްރާހީމްގެ ކެމްޕޭން ޕްލޭންކުރައްވައި، ބައެއް އަތޮޅުތަކަށް ވަޑައިގެން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕެއިން ހިންގަވާފައެވެ.

ޖޭޕީގެ ލީޑަރު ގާސިމްގެ އަރިހުގައި އެންމެ ގިނަ ދުވަހު ސިޔާސީ މަސައްކަތްޕުޅުގައި އުޅުއްވި އެންމެ އިތުބާރު ކުރެވޭ ސިޔާސީ ބޭފުޅުންގެ ތެރޭގައި ޑރ އަމީން ހިމެނިވަޑައިގަންނަވައެވެ. ސިޔާސީ މަސައްކަތްޕުޅުގައި އަމީން ފާހަގަ ކުރެވިފައި ވަނީ ދެ ގޮތެއް ނުވެ ގަބޫލު ކުރައްވާ އުސޫލުތަކާއި ހަމަ ހިފަހައްޓަވައިގެން މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ޖޭޕީގެ ޓިކެޓް ގައި ވާދަ ކުރައްވާ ބައެއް ބޭފުޅުންނާ އެކު ޑރ. އަމީން

ކުރިއަށް އޮތް މަޖިލީސް އިންތިހާބު ގައި ޖުމްހޫރީ ޕާޓީގެ ޓިކެޓް ގައި 11 ބޭފުޅަކު މަޖިލީހަށް ވާދަ ކުރައްވައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.