ލާމަސީލު ކާފަ، ސައީދުބެ އަވަހާރަވެއްޖެ

އުމުރުފުޅުން 80 އަހަރު ގައި ސައީދުބެ އަވަހާރަވީ ވަރަށް އޭޑީކޭ ހޮސްޕިޓަލް ގައި ފަރުވާ ދެނިކޮށެވެ. އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ.

ލާމަސީލް ކާފަ އެވޯޑް ހޯއްދެވި ސައީދުބެ އަދި ދަރިކަލުން މުހައްމަދު ޝަހީބު: ސައީދުބެ މިއަދު ވަނީ އަވަހާރަ ވެފައި

ޓީވީ މޯލްޑިވްސް އިން ގެނެސް ދިން "ލާމަސީލު ކާފަ މާމަ އެވޯޑް" ޝޯ ގައި ލާމަސީލު ކާފަގެ މަގާމު ހޯއްދެވި ހ. ރީތިގަސްދޮށުގެ ސައީދު ހުސައިން (ސައީދުބެ) މިއަދު އަވަހާރަ ވެއްޖެ އެވެ.

އުމުރުފުޅުން 80 އަހަރު ގައި ސައީދުބެ އަވަހާރަވީ ވަރަށް އޭޑީކޭ ހޮސްޕިޓަލް ގައި ފަރުވާ ދެނިކޮށެވެ. އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ.

ފެހުމުގެ ދާއިރާ އިން ވަރަށް ބޮޑަށް ފާހަގަކޮށްލެވުނު ސައީދުބެ އާންމުންނަށް ބޮޑަށް ފާހަގަ ކުރެވުނީ 2007 ވަނަ އަހަރު ޓީވީއެމުން ގެނެސް ދިން "ލާމަސީލު ކާފަ މާމަ އެވޯޑް" ޝޯ ގައި ލާމަސީލު ކާފަގެ މަގާމު ހޯއްދެވި ހިސާބުންނެވެ. މަޝްހޫރު ހުށައެޅުންތެރިޔާ އަދި މިހާރުގެ ސިޔާސީ ލީޑަރު ޑރ. އަމީން އިބްރާހިމް ހުށައެޅުއްވި އެ ސިލްސިލާގެ ޝޯތައް އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލްވި އެވެ.

ފެހުމާއި އެ ފަންނުން ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތައް ފާހަގަކުރައްވާ ދިވެހި ދައުލަތުން ވަނީ ސައީދުބެއަށް އާންމު ހިދުމަތުގެ އިނާމު ވެސް ދެއްވާފައެވެ. ސައީދުގެ އެންމެ ފާހަގަކޮށްލެވުނީ ލައިފްޖެކެޓް ފެއްސެވުމުގެ މަސައްކަތެވެ. 

ދީނީ ކަންކަމަށް ވަރަށް ބޮޑު ސަމާލު ކަމެއް / ޝައުގުވެރި ކަމެއް ބެހެއްޓެވި ސައީދުގެ ބޭފުޅުންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ބޭފުޅަކީ ރާއްޖޭގައި ފުލްޓައިމް ނޫސްވެރިންގެ ގޮތުގައި ފުރަތަމަ މަސައްކަތް ފެއްޓެވި މަޝްހޫރު ދެ ނޫސްވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ޝަހީބެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.